ޔޫއެފާ ޗެމްޕިއަންސް ލީގު މުބާރާތަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލް މުބާރާތެކެވެ. ދުނިޔޭގެ ގިނަބަޔަކު އިންތިޒާރުކުރަމުން ގެންދާ ޝަރަފްވެރި މުބާރާތެއްވެސް މެއެވެ. ހަމަ ޔަގީނުންވެސް ޗެމްޕިއަންސް ލީގުގެ ކޮންމެ މުބާރާތަކީ ވެސް ތަފާތު ކަންތައް ތަކެއް ފެނިގެންދާ ފޯރިގަދަ މުބާރާތެކެވެ. އެގޮތުން މިފަހަރުގެ މި މުބާރާތަކީ ވެސް ގިނަ ބަޔަކު ބަލާހިއްވާ ފޯރި ގަދަ މުބާރާތަކަށް ވެގެން ދާނެ ކަން ޔަގީނެވެ.
އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ އައު ސީޒަންގެ ގްރޫޕް ސްތޭޖުގެ މެޗުތައް މިރޭ ފަށާނެއެވެ.
ޗެމްޕިއަންސް ލީގުގެ އައު ސީޒަނުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މިރޭ ފަށާއިރު، ގްރޫޕް ސްޓޭޖުގެ އަށް މެޗެއް މިރޭ ކުޅެވޭނެއެވެ. އެގޮތުން މިރޭ ރާއްޖޭ ގަޑިން 9:55 ގައި ދެމެޗެއް ކުޅޭ އިރު، މިރޭ ދަންވަރު12:00 ގައި ހަ މެޗެއް ކުޅެވޭނެއެވެ.
މިރޭ 9:55 ގައި ކުޅެން ހަމަ ޖެހިފައިވާ މެޗުތައް:
ޑިނަމޯ ކިއޭވް - ޔުވެންޓަސް ( ގުރޫޕް ޖީ )
ޒެނިތް - ކުލަބް ބުރޫގް ( ގުރޫޕް އެފް )
މިރޭ 12:00 ގައި ކުޅެން ހަމަ ޖެހިފައިވާ މެޗުތައް:
ޗެލްސީ - ސެވިއްޔާ ( ގުރޫޕް އީ )
ރޭނީސް - އެފްސީ ކްރަސްނޮޑަރ ( ގުރޫޕް އީ )
ލާޒިއޯ - ބޮރޫޝުއާ ޑޯޓްމުންޑް ( ގުރޫޕް އެފް )
ބާސެލޯނާ - ފެރެންކަރޮސް ( ގުރޫޕް ޖީ )
ޕީއެސްޖީ - މެންޗެސްޓަރ ޔުނައިޓެޑް ( ގުރޫޕް އެޗް )
އާރްބީ ލައިޕްޒިގް - އިސްތަންބޫލް ބަސަކްސެހިރް ( ގުރޫޕް އެޗް )
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް