އަލިފާން ރޯވި ތެޔޮ ބޯޓު އަޑިއަށް - ބިދޭސީ މީހާގެ ހަށިގަނޑުގެ 40 އިންސައްތަ ފިހިފައި

ބ އަތޮޅު ކެންދޫ ކައިރީގައި އަލިފާން ރޯވި ތެޔޮ ބޯޓު އަނދާ ހުލިވެ އަޑިއަށް ގޮސްފި އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އަޑިއަށް ދިޔަ ތެޔޮ ބޯޓުގެ ނަމަކީ "ގަލްފް ތެޔޮބޯޓު" ކަމ...

20 Oct 2017 | 10:13

ބ އަތޮޅު ކެންދޫ ކައިރީގައި އަލިފާން ރޯވި ތެޔޮ ބޯޓު އަނދާ ހުލިވެ އަޑިއަށް ގޮސްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އަޑިއަށް ދިޔަ ތެޔޮ ބޯޓުގެ ނަމަކީ "ގަލްފް ތެޔޮބޯޓު" ކަމަށާއި އެ ތެޔޮ ބޯޓަކީ "ޔޫ-ފިލް" ކުންފުނީގެ ބޯޓެއް ކަމަށެވެ.

"އަލިފާން ރޯވީ ބޯޓުން ފީފާ ތަކަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި، އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިން މީހުން ތިބި، އެއީ ދެ ދިވެހިންނާއި ބިދޭސީއެއް، ފިހުނު ބިދޭސީ މީހާގެ 40 އިންސައްތަ ވަނީ ފިހިފައި" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ތެޔޮ ބޯޓުގައި ރޯވެ އަޑިއަށް ދިޔައިރު އެ ބޯޓުގައި 25000 ލީޓަރު ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލް ހުރި ކަމަށެވެ. އޭގެ ތެރެއިން ސަލާމަތް ކުރެވުނީ 1400 ލީޓަރު ޕެޓްރޯލް ކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް