ލ ގަމުގައި ރޭގެ ވަގުތެއްގައި ކުޑަކުއްޖަކަށް ކަތިވަޅިން ހަމަލާދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޭގެ މާރާމާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ރޭގެ މާރާމާރީ ހިންގާފައިވަނީ ލ ގަމު މުކުރިމަގު އަވަށުގަ އެވެ. ހަތަރު މީހަކު 17 އަހަރުގެ ކުއްޖަކަށް ކަތިވަޅިން ހަމަލާދީ ހިންގި މާރާމާރީގައި ޒަހަމްވި ކުއްޖާއަށް ލ ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ރޭ 09:00 ހާއިރުގައި ހިންގި އެ މާރާމާރީގައި 17 އަހަރުގެ ކުއްޖާގެ ގައިގެ އެކި ތަންތަނަށް ކަތިވަޅިން ހަމަލާ ދީފައިވާކަމުގައި ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ކަނާތަށް ކަމުގައިވާއިރު މިއަދު އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާކަމުގައިވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް