ބ ކެންދޫ ކައިރީގައި އޮތް ތެޔޮ ބާޖެއްގައި އަލިފާން ރޯވެ އަނދަމުން އެބަ ދެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބ ކެންދޫ ކައިރީގައި ތެޔޮ ބާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 09:58 ގައި ކަމުގައި އާޒިމް ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހިފައިވާކަމަށާއި ފިހުނު ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް އެ ބިދޭސީ މީހާ އޭދަފުށީ ރީޖަނަލް ހޮސްޕިިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް އަންނަނީ ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް