އައްޑޫ ސިޓީގައި ފުލުހުންނަށް ހިއުމަން ރައިޓްސްއާ ގުޅޭގޮތުން މަޢުލޫމާތު ދީފި

އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނަށް ހިއުމަން ރައިޓްސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުންގެ އެދުމުގެ މަތިން މި ހިނގާ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު އަ...

20 Oct 2017 | 04:11

އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނަށް ހިއުމަން ރައިޓްސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުންގެ އެދުމުގެ މަތިން މި ހިނގާ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ހިއުމަން ރައިޓްސް ކޮމިޝަނުން އައްޑޫސިޓީއަށް ކުރި ދަތުރުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެއްކަމާއި، މި ސެޝަނުގައި އެންޓި ޓޯޗަރ އާއި ހިއުމަން ރައިޓްސް ޑެކްލަރޭޝަން އާއި ހިއުމަން ރައިޓްސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި ފުލުހުންގެ ހައްޔަރުގައި ތިބޭ މީހުންނަށް ލިބެންޖެހޭ އިންސާނީ ހައްޤުތަކާއި އެމީހުންނާމެދު އަމަލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މި ސެޝަނުގައި މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި ސެޝަނުގައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ގިނައަދަދެއްގެ ފުލުހުން ބައިވެރިވެފައިވާއިރު މި ސެޝަން ނަގައިދީފައިވަނީ  ހިއުމަން ރައިޓްސް ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ސެޝަނުގައި ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އާއި އެކޮމިޝަންގެ މެމްބަރުންނާއި އައްޑޫސިޓީގައި މަސައްކަތްކުރާ ގިނައަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް