ޣައްޒާ މަސްރަޙުން ފެންނަ އެއް މަންޒަރަކީ ސަލާމަތް ހޯދަން ރައްޔިތުން ހިޖުރަކުރާ މަންޒަރު - ފޮޓޯ: އޭއެފްޕީ
ޣައްޒާގެ މަސްރަޙްގައި ފާއިތުވި 24 ގަޑިއިރަށް ދުވަހުން
ނަޒަރު ހިންގާލާއިރު ފެންނަނީ އިންތިހާ ހިތާމަވެރި އަދާހަމަ ތަކެކެވެ.
ޣައްޒާގެ ބިމުގައި ޢައްޒާގެ އެތެރޭގައި އިސްރާއީލު
ފައުޖުތަކުން ކުރިއަށްގެންދާ ހަމަލައިގެ އޮޕަރޭޝަންތައް ވަރުގަދަ ކުރިއެވެ.
ޚާއްޞަގޮތެއްގައި ޣައްޒާ ސިޓީގެ ޝައިޚް ރަދްވާން އާއި ތެލް އަލް-ހަވާ
ނެއިބަރހުޑްސް ހިމެނެއެވެ.
ފާއިތުވި 24 ގަޑިއިރުގެތެރޭގައި އެކަނި ޣައްޒާގެ
އެކި ސަރަހައްދުތަކުން އެކި ހަމަލަތަކުގައި 85 މީހަކު ސަހީދުކޮށްލާފައިވާއރު
ޣައްޒާ ސިޓީގެ ބައެއް ސަރަހައްދުތަކުން މުވާސަލާތީ ޚިދުމަތް އެއްކޮށް ގިނަ ވަގުތުތަކަކަށް
ކަނޑައިލިއެވެ.
އެކީ އެކަށް ހުސްކުރަން ދެމުން އަންނަ އޯޑަރުތައް
އިތުރު ކުރުމާއެކު "ހިއުމެނިޓޭރިއަން ޒޯން" ތަކޭ ބުނާ ޒޯންތަކަށް ސަލާމަތުން
ދެވެން އޮންނަ މައި ދެ މަގުންކުރެ އެއް މަގު އެކުގައި ބަންދުވެސްކޮށްލިއެވެ.
ސަލާހް އަލް-ދން ސަރަހައްދުން ދެވެން އޮންނަ އެ މަގު ބަންދުކޮށްލުމުން މިހާރު އެ
ސަރަހައްދަށް ދެވެން އޮތް މަގަކީ އަލް-ރާޝިދު ސަރަހައްދުން ދެވެން އޮންނަ މަގު
އެކަނި ކަމުގައި ވަނީ ވެގެން ގޮސްފައެވެ.
ހަމަލަތަކުގެ ސަބަބުންނާއި ހުއްޓުމެއްނެތި އެ ދެމުންދާ
ހުސްކުރުމުގެ އިންޒާރުތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ވިއްސި ވިހާލިވުން ވަނީ
އިންތިހާއަށް ގޮސްފައެވެ. ކާބޯތަކެއްޗާއި، ބޯހިޔާކޮށްލާނެ ތަންތަނާއި، ފެން
އިންތިހާއަށް ދައްޗެވެ. ޚާއްޞަގޮތެއްގައި އެބުނާ "ހިއުމެނިޓޭރިއަން
ޒޯން" ތަކުގެ ހާލަތު އަދި ވަކިން ގޯހެވެ.
ކަންކަން އިއްޔެވެސް އެހެން އޮތް ނަމަވެސް ބައިނަލްއަގުވާމީ
ބައެއް ޕްރެޝަރު އިއްޔެވެސް ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ.
އެގޮތުން ޣައްޒާގައި ހަމަލަތައް ވަގުތުން މެދުކަނޑާލުމަށާއި
އިންސާނީ އެހީ ވަގުތުން ވަގުތަށް ވެއްދުމަށް ގޮވައިލާ އދ ގެ ސެކިއުރިޓީ
ކައުންސިލުގައި ނެގި ވޯޓުގައި އެމެރިކާއިން މިވަނީ ވޯޓު ދީފައެވެ. މިއީ
އެމެރިކާއިން މިފަދަ ވޯޓެއްގައި ބައިވެރިވި ފުރަތަމަ ފަހަރުކަން
ފާހަގަކޮށްލެވޭއިރު ޣައްޒާގައި ވަގުތީ ސަރުކާރެއް ބިނާކުރުމުގެ މަޝްވަރާތަކެއް
ގަލްފް ޤައުމުތައް ހިމެނޭހެން ފަށާފައިވާކަންވެސް ފާއިތުވި 24 ގަޑިއިރުގެ އަދާހަމައިން
ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް