ޕްރިމިއާ ލީގް: ސަންގެ ހެޓްރިކާއި އެކު ޓޮޓެންހަމް ފުރަތަމަ މޮޅު ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ސައުތުހެމްޓަން ބަލި ކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގްގައި ފުރަތަމަ މޮޅު ހޯދައިފި އެވެ. ސައުތެމްޕްޓަންގެ މައްޗަށް ޓޮޓެނަހްމައިން ކުރި ހޯދީ 2-5 ގެ ނަތީޖ...

20 Sep 2020 | 17:59

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ސައުތުހެމްޓަން ބަލި ކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގްގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ސައުތެމްޕްޓަންގެ މައްޗަށް ޓޮޓެނަހްމައިން ކުރި ހޯދީ 2-5 ގެ ނަތީޖާއިންނެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ސައުތެމްޕްޓަން އިންނެވެ. މެޗުގެ 32 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނީ އިންގްސް އެވެ. ނަމަވެސް ޓޮޓެންހަމްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަންއެވެ.

ދެޓީމުން އެއްވަރުވެ އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ފަހުހާފު ފެށިގެން ދެވަނަ މިނެޓުގައި ސަން ވަނީ ދެވަނަ ލަނޑެއް ޖަހާ ޓޮޓެންހަމްއަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު ސަން ފުލުފުލު ދެ ލަނޑު ކާމިޔާބު ކޮށް މި މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައިވާއިރު، ޓޮޓެންހަމްގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. ޓޮޓެންހަމްގެ ހުރިހާ ލަނޑެއްގައިވެސް ސަން އާއި ކޭންގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސަންގެ ހަތަރު ލަނޑުވެސް ކާމިޔާބު ކުރީ ކޭން ތަނަވަސް ކޮށްދިން ފުރުސަތުތަކުންނެވެ.

މެޗުގެ އެންމެ ފަހު މިނެޓުގައި ސައުތެމްޕްޓަންއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ފަރަގު ކުޑަކުރި އިރު، މިއީ ލިބުނު ޕެނަލްޓީ އަކުން އިންގްސް ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް