ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް އަންނަމަހު ފަށަން ނިންމައިފިއެވެ.
އެމިރޭޓްސްގެ ބަޖެޓް އެއަރލައިން ގެ މި ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.
މި ފްލައިޓު ދަތުރުތައް ރާއްޖެއަށް ބާއްވަން ނިންމައިފައިވަނީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގައުމުތައް ފުރަބަންދުކޮށް، ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު، ބައެއް ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމާއެކު، އެ އެއަރލައިނުންވެސް އަންނަނީ ގައުމުތަކަށް ދަތުރު ކުރަމުން ނެވެ.
އެގޮތުން ރާއްޖެއާއެކު 40 މަންޒިލަކަށް ފްލައި ދުބާއީ އިން އުދުހޭނެ ކަމަށް އެ އެއަރލައިނުން ބުންޏެވެ.
މި ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން 13،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ ތަފާސް ހިސާބަށް ބަލާ އިރު، ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު މިމަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޔޫއޭއީ އެވެ.
މި ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔޫއޭއީގެ އެމިރޭޓްސް އަދި އިއްތިހާދުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.
މީގެ ކުރިން އެ އެއަރލައިނުން ރާއްޖެއަށް ކުރި ދަތުރުތައް ހުއްޓާލާފައިވަނީ 2018 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް