ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭން ކަނޑައެޅި250 މިލިއަން ޑޮލަރު ރާއްޖެއަށް ދީފި އެވެ.
އިންޑިއާއިން ރާއްޖެ އަށް ދިން މި ލޯނުގެ ލިއުން ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ އެކަަމަށް ޓަކައި ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްްސަ ރަސްމިއްޔާތެއްގަ އިންޑިއާއިން ރާއްޖެއަށް ކަނޑައޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ލޯނާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.
މި ރަސްމިއްޔާތުގައި ސްޓޭޓް ބޭންްކް އޮފް އިންޑިއާގެ ސީއީއޯ ބައިވެރިވެވަޑައިގެންނެވި އެވެ. މި ލޯން ރާއްޖެއަށް ދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށެވެ.
މި ލޯނު އަނބުރާ ދައްކަން ޖެހެނީ10 އަހަރުގެ މުއްދަތުގެ ތެރޭގައި އެވެ. މި ލޯން އެހީ ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސްބީއައިއަށް ސޮވެރިން ގެރެންޓީ ފޯރުކޮށްދީފަ އެވެ
ކޮވިޑްގެ ހާލަތާ ގުޅިގެން މީގެ ކުރިން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ، އިންޑިއާގެ މަރުކަޒީ ބޭންކް ރިޒާވް ބޭންކު އޮފް އިންޑިއާޔާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް ރާއްޖެއަށް ނަގައިފަ އެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާ އިން ވަނީ އެކިގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް