ހޯނަކީ ވަރަށް އާންމު އެއްޗެކެވެ. ޚާއްޞަކޮށް މީހުން ދިތިއުޅޭ ގެތަކިގައި ވަރަށް ގިނަ އެއްޗެކެވެ.
ނަމަވެސް ހޯނަކީ މީސްތަކުންނަށް ގެއްލުން ދޭ ނުރައްކާތެރި އެއްޗެއް ކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭންގި އޮތުމަކީ އެކަށީގެން ވާ ކަމެކެވެ.
ނަމަވެސް ހޯނަކީ ނުރައްކާތެރި ހެއްލުންދޭ ޖަނަވާރެއްކަން ދީނީ ޢިލްމުވެރިންގެ ސާބިތު ކޮށްދެއްވާފައިވާ ބައެއް ބަސްފުޅުތަކުން އެނެގެން ވެސް އެބައޮތެވެ. އެގޮތުން ޝައިޚް ޝާފިއު ލިޔުއްވާ އާންމު ކުރައްވަވާފައިވާ ލިޔުމަކުން އެނގެން އޮތް ގޮތުގައި ހޯނަކީ މަރަން ޖެހޭ އަދި މެރުމަށް ދީނުގައި އަންގަވާފައިވާ ނިރައްކާތެެރި އެއްޗެކެވެ.
އެގޮތުން ޝައިޚް ވިދާޅުބެފައިވާ ގޮތުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންއައިސްފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުތެއްވި ޙަދިޘެއްގައި ވެއެވެ.
އެއްފަހަރުން ޖަހައި ހޯނެއް މަރައިފިމީހާއަށް މިވެނި އެވެނި ހެޔޮކަމެއް ވެއެވެ. ދެފަހަރުން ޖަހައި ހޯނެއް މަރައިފިމީހަކަށް މިވެނި އެވެނި ހެޔޮކަމެއް ވެއެވެ. އެއީ ފުރަތަމަ ފަހަރަށްވުރެ ޘަވާބު މަދުކޮށެވެ. ތިންފަހަރުން ޖަހައި ހޯނެއް މަރައިފި މީހަކަށް މިވެނި އެވެނި ހެޔޮކަމެއް ވެއެވެ. އެއީ ކުރީ ދެވަނަ ފަހަރަށް ވުރެ ޘަވާބު މަދުކޮށެވެ.
އެހެން ރިވާޔަތެއްގައިވާ ގޮތުން، އެއްފަހަރުން ޖަހައި ހޯނެއް މަރައިފިމީހަކަށް ސަތޭކަ ހެޔޮކަން ވެއެވެ.
ޝައިޚް ޝާފިއު ވަނީ ހޯނު މެރުމަށް ދީނުގައި އަމުރު ކުރައްވަވާފައިވާ ސަބަބުވެސް ވިދާޅުވެ ދެއްވާފައެވެ.
އެގޮތުން ހޯނު މެރުމަށް އަންގަވާފައިވާ ސަބަބުތަކުގެ ތެރޭގައި:
ހޯނަކީ އޭގެ ސަބަބުން ލިބޭ ގެއްލުން ލިބޭ އެއްޗަކަށްވުން ހިމެނެއެވެ. މީގެ އިތުރުން
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއަށް ފުވައިސިޤު (ނުލަފާ ނުވަތަ ވިޔާނުދާ ޖަނަވާރު) ގެ ނަމުން ނަން ދެއްވާފައި ވުމާއި އިބްރާހިމް ޢަލައިހިއްސަލާމް އެއްލާލެވުނު އަލިފާންގަނޑު ބޮޑުކުރުމަށްޓަކައި އެތަކެތި އެ އަލިފާންގަނޑަށް ފުމުނު ކަމަށް ބުޚާރީގެ ޙަދިޘްގައި އައިސްފައިވުމެވެ.
އަދި މީގެ އިތުރުން ހޯނަކީ ކާތަކެތި މުޑުދާރު ކުރާ އެއްޗެކެވެ. ޚާއްޞަކޮށް ލޮނެވެ. އެކަން ނުކުރުވޭނަމަ (މައްޗަށް) ސީލިންގަށް އަރައި ކާތަކެއްޗަށް ސީލައެވެ.
ކާބޯތަކެތި އަޅާ ކަންވާރަށް އެތަކެތި ކުޅު ޖަހައެވެ. އަދި ނުރައްކާތެރި ބަލިތައް ފަތުރައެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޯނު މެރުމަށް އަމުރު ކުރެއްވިއެވެ. އެ މެރުމަށް އަންގަވާފައިވަނީ އޭގެ ނުރައްކާތެރިކަމުންނެވެ. އެއީ ގެއްލުންދީ ދުއްތުރާކުރާ އެއްޗަކަށްވާތީއެވެ.
ކަން މިހެން މިހެން ހުރިއިރު، ހޯނުގެ ނުތައްކާތެރިލަން އިންތިހާއަށް ބޮޑެވެ. އެހެން ކަމުން މިކަމުބް ސަލާމަތް ވުމަށް މަސައްކަތް ކިރަމާ ހެއްޔެވެ.
މި ލިޔުމަށް ދީނީގޮތުން މައުލޫމާތު ހިމަނާފައިވަނީ ޝައިޚް މުޙައްމަދު ޝާފިއު ފޭސްބުކް މެދުވެރިކޮށް އާންމު ކޮށްފައިވާ ލިޔުމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް