ތިލަފުށީ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ 10 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް މަސައްކަތްވަނީ ނިމިފައި އެވެ. އަދި ދުއްވާ ސަރަޙައްދެއް ގާއިމުކުރުމުގެ މަސައްކަތުގެ 15 ޕަސެންޓް ވަނީ ނިމިފައި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއު އެއްކޮށް ނިމޭއިރު ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އަޅާނެ އެވެ. ފެން ރައްކާކުރާ ތަނެއް ގާއިމުކުރުމާއި، ވެހިކަލް ޕާކް ކުރާ ތަނެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.
އަދި ވޯކްޝޮޕް އިމާރާތެއް އަޅައި ފިއުލް ޓޭންކް ސްޓޭޝަންއެއް ގާއިމު ކުރާނެ އެވެ.
މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލު ކުރީ 8.8 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 15 ފެބްރުއަރީ 2020 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް