| ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި |
ތާރާގެ އެހަރަކާތަށް އިތުރަށް މާކިންއަށް ކެތްކުރެވޭ ގޮތެއްނުވިއެވެ. ދެއަތުން ތާރާގެ ދެކޮނޑުގައި ހިފާ މާކިން ތަޅުވާލުމާއެކު ތާރާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ.
"އަހަރެންނައްއަހަރެންގެ ކޮއްކޮ ގެނެސްދީ އަހަރެންނަށް އޭނައާއި ނުލާ ނޫޅެވޭނެ" އާދޭސް މިކުރަނި އޭނަ ގެނެސްދީ ރޮމުން ގިސްލަމުން މާކިންގެ ފައި ބުޑައް ތާރާ ތިރިވިއެވެ.
"ދެން ހުއްޓާލާ ޕްލީޒް" މާކިން ތާރާ ނަގަމުން ބުނެލިއެވެ .
ތާރާއަށް ވަމުން ދިޔަ ގޮތުން މާކިންގެ ކެއްތެރިކަން ކޮޅުން ލަމުން ދިޔައެވެ.
އެވަގުތު އެތާ ތިބިމީހަކައްވިއްޔާ އެހިތުގައި ތަމަންއަށްވާ ލޯބި ފެނިގެންދާނެއެވެ.
**
.މާދުރަށްގޮސް ރައް އޮބާލި އިރުވެސް ތަމަންގެ ނަޒަރު އެހެންދިމާލަކައް ނުހުއްޓެވެ. ދޭތެރެއަކުން މީހުންނައް ނުފެންނަހެން ކަރުނަ ފޮހެލައެވެ.
އެބައެއްގެ ލޯބި އެހިތުގެ އެންމެ ފުނުގައި ރައްކާކުރެވިފައިވާ ލޯބިވާ ބައްޕައާއި ދޮންތައާއި ވަކިވާ ފުރަތަމަފަހަރުކަމުން އެހިތަށް ކެތްކުރަންދަތިވަނީއެވެ.
އެންމެ ގާތްއެކުވެރިންނާއި އާއިލާއާއި ދުރުގައި އެހާދުވަހު ކެތްކުރާނެގޮތެއް ތަމަންގެ ހިތަށްގެންނާނެ ގޮތެއްވެސް ނޭގެއެވެ.
އެންމެ ކުޑަދުވަހުގެ ފޮނިހަދާންތައް ރައްކާކުރެވިފައިވަނީ އެފަސްގަނޑުގައެވެ.
**
ކޮޓަރިތެރޭ ދެކޮޅަށް ހިނގާލާ ހިނގާލަ ހުރި ސަލާމް ވިސްނަމުން ދިޔައީ ނިޔާޒްގެ ގާތު އެވާހަކަ ދައްކާނެ ގޮތަކާއި ދޭތެރޭގައެވެ. އިތުރަށް އެންމެ ދުވަހެއްވެސް ދުއްވާލަން ބޭނުން ނުވަނީއެވެ. ނަމަވެސް މިއަދަކީ އެވާހަކަ ދައްކަން އެންމެ އެކަށޭނަ ދުވަހެއް ނޫނެވެ.
ރަގަޅު ދަޑިވަޅެއް ބަލާފައި ވީ އެންމެ އަވަހަކައް އެވަޙާކަ ނިޔާޒްއާއި ހިސާބަށް ގެންދާނީއެވެ. ދެކޮޅަށް ހިނގަ ހިނގަ ހުރި ސަލާމް ކުއްލިއަކަށް ހުއްޓުނީ ހިތަށް އެރި އެއްޗަކުންނެވެ. ނިޔާޒް އެކަމާ ދެކޮޅު ހަދައިފިނަމަ ހަދާނެ ގޮތަކާދޭތެރޭވެސް އޭނަ ވިސްނަން ޖެހެއެވެ. އެހެން ހިތައް އެރުމާއެކު ސަލާމްގެ އަތަށް ބާރުކޮއްލަމުން ދެއަތް މުއްކަވާލިއެވެ.
ދެކޮޅު ހަދައިފިއްޔާ އެންމެ ދުވަހަކުވެސް އަހަރެން އެމީހުންނަށް ނޯކަރުކަން ކޮށްދޭކަން ނުހުންނާނަން .. އަހަރެން ހުރިހާ ބުރައެއް އުފުލީމަ ހުރިހާ މޮޅެއް އެފިރިހެނާއަށް.. ނިޔާޒް އަހަރެންގެ އަގުވަޒަން ނުކޮށް ތާރާ އެފިރިހެނާއަށް ދީފަ ވާގޮތް ބަލަން ހުރޭ އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން "..
މުޅި އުމުރުގައިވެސް ތިއާއިލާއަށް ހަމަޖެހިގެން އުޅެވުނަ ނުދޭނަން ..ހަދާންކުރާތި.
ސަލާމް ހިތާހިތުން ވާހަކަދަންކަމުން ދިޔައިރު ހުރިހާ އަސަރެއް އެމޫނުމަތިން ފެންނަން ހުއްޓެވެ.
**
މާކިންގެ އޯގާތެރިކަމާއެކު އެކި ގޮތްގޮތައް ވިސްނައިދިނުމައްފަހު ތާރާ ހަމައަކަށް އެޅުމުން ތާރާ ގޮވައިގެން އެންމެން އެކުގައި ގެއާއި ދިމާލަށް ހިނގައިގަތެވެ. އޭރު އިރުއޮއްސި އަދިރިވާން ފަށައިފިއެވެ.
އެވަގުތު މާކިން އޭނަ ގާތު ހުރިކަން ވެސް އެއީ ހާދަ ބޮޑު ހިތްހަމަޖެހުމެކެވެ. ދުވަހަކުވެސް މާކިންގެ މޫނުމަތިން ހާސްވުން ނުފެންނަވަރަށް މިއަދު އެމޫނުމަތިން ހާސްވުން ތާރާއަށް ފެނުނެވެ.
އެހިތުގައި ހަގީގަތުގައިވެސް ތާރާއަށްޓަކާ ވާލޯބި ވެސް މިއަދު ފެނިގެންދިޔައެވެ.
މުޅިއުމުރައްވެސް އެހިތް މާކިން ނޫންމީހަކަށް ހެޔޮހިތުން ނުދޭނެއެވެ.
"އަހަރެން މިދަނީ ނަމާދަށް ދެން ބޭބީވެސް ދޭ އަވަހަށް ނަމާދުކޮއްލަން".. ނަމާދުކޮއްލައިން ނިކުމެފަ އެބަގުޅަން ފޯނު ހިފައިގެން އުޅޭތި އިނގޭ.... މާކިން ވަރަށް ލޯބިން އެހެންބުނެ ތާރާގެ ކޮލުގައި ހިފާލިއެވެ.
މާކިން ޔަޒާންއާއި އެކު ދިއުމުން ޝަބާއާއި އައިޒާ ވެސް ކުޑައިރުކޮޅަކު ތާރާއާއި ވާހަކަ ދައްކަން ހުރެފައި ގެއާދިމާލަށް ހިނގައިގަތެވެ.
ގޭތެރެއަށް ވަދެވުމާއެކު ތާރާއަށް ގޭތެރެއަށް ވަރަށް ފުންނަޒަރަކުން ބަލާލެވުނެވެ. ކޮންމެ ދިމާލަކުންވެސް ފެންނަން ހުރީ ލޯބިވާ ކޮއްކޮގެ ހަދާންތަކެވެ. މުޅިކަންފަތަށް އިވެމުންދަނީ އެކޮއްކޮގެ އަޑެވެ.
އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅަންނޭގި ތާރާއަށް ހުއްޓެވުނެވެ. އިސާހިތަކު އެދެލޮލުގެ ތެރޭން ކަރުނަ އަންނަން ފެށިއެވެ.
ތާރާގެ ހަރަކާތްތައް ބަލަން އޮތް ނިޔާޒްގެ ދެލޮލުންވެސް ކަރުނައައެވެ. ތަމަން ފުރަންދިޔައީންސުރެ ނިޔާޒްގެ ހިތަށްވެސް ހަމަޖެހުމެއްނުލިބުނެވެ.
ތަމަން ނެތުމުން މުޅިގޭގެ ދިރުންވަނީ ގެއްލިފައެވެ.
ތާރާއާ ދޭތެރޭވެސް ނިޔާޒް އަށް ވިސްނެނީއެވެ. " ދަރިފުޅާ...
ތާޜާ އެގޮތަށް ހުންނަތަން ބަލަން ކެތްނުވުމުން ނިޔާޒް ތަންކޮޅެއްބާރަށް ގޮވާލިއެވެ.
ކަރުނަ ފޮހެލަމުން ނިޔާޒްއާއި ދިމާއަށް ތާރާ ހިނގައިގަތެވެ.
"ދަރިފުޅާ ބައްޕައަށް އެނގޭ ދަރިފުޅު ދެރަވާނެވަރު ...އެކަމަކު ހިތްވަރު ކުރަންވާނެ .. ބައްޕަގެ ހިތަކަށްވެސް ކެތެއްނުވޭ އެމަންޖެއާއި ވަކިން އުޅޭކަށް... އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކޮއްކޮ އަންނާނެ..
ނިޔާޒްގެ ވާހަކައާއި ތާރާ އެއްބަސްވެ ކަރުނަ ފޮހެލީ ބައްޕަގެ ކުރިމަތީ އޭނަ އެކަމާ ހިތާމަކުރާވަރު އަނގަން ބޭނުން ނުވާތީއެވެ.
**
އެއްވެސް ހިޔާލެއް ފިކުރެއްނެތި ކަނޑުގެ ލޮނުގަނޑު ކަފަމުންއައިސް މާލޭ ބަދަރަށް ބޯޓު ލެފުނީ ފަތިސްވުމާގާތްވެފައިވަނިކޮށެވެ.
އެއްދަބަސް ކޮނޑުގައި އަޅުވާލަމުން އަނެއްދަބަސް އަތުން ހިފައިގެން ތަމަން ގޮވައިގެން ނާޒިމް ބޯޓުންފޭބިއެވެ..
ދެފަރާތަކަށް ބަލާލުމައްފަހު ނާޒިމް ނަންބަރަކަށްގުޅާލިއެވެ..
ކުޑަ އިރުކޮޅަކުން އެމީހުންގެ ކުރިމައްޗަށް އައިސް މަޑުކޮއްލީ ކަޅުކުލައިގެ ޕްރައިވެޓް ކާރެކެވެ.
ކާރު ޑްރައިވަރު ނާޒިމްއަށް ސަލާމްކޮއްލުމައްފަހު ވަރަށް އަދަބުވެރިކަމާއި އެކު ނާޒިމްގެ އަތުގައި ހުރި ދަބަސްތައް ޑިކީ ތެރެއަށް ލުމައްފަހު ނާޒިމްއާއި ތަމަން އެރުމަށް ދޮރުފަތް ހުޅުވާލަދިނެވެ.
އެއޮއްހުރިހާއިރު ތަމަން ހުރީ އެމީހާގެ ހަރަކާތްތަކަށް ބަލާށެވެ.
ކާރައް އެރީންސުރެ ބޭރުން ފެންނަމުން ދިޔަމަންޒަރުތަކައް ތަމަންއިނީ ކަޅިޖަހާލަންވެސް ނޭނގިބަލާށެވެ. ތަމަން އެންމެ ފަހުން މާލެއައީ އެހާ ބޮޑަށް ކަންތައްތައް ހަދާން ނުހުންނަހާ ކުޑައިރުއެވެ. ބައްޕަ ބުނާގޮތުންނަމަ އޭރު ވަރަށް ގިނައިން މާލެއާދެވެއެވެ. ނަމަވެސް ހަދާން ހުންނަން ފެށީންސުރެ މީ ތަމަން މާލެ އައި ފުރަތަމަ ފަހަރެވެ.
ފަތިހުގެ އެ ހިތްފަސޭހަ ވަގުތުގައި ދުއްވާއެއްޗެއްގެ އަސަރު ފެންނާކައްނެތެވެ. ނަމަވެސް ބައިބަޔަށް ގުރޫޕްހަދާފައި ބައެއްމީހުން މަގުތަކުގައި އުޅޭތަން ފެނެއެވެ..
އެކި ހިޔާލަށް ގެއްލިފައިއިން ތަމަން ސިހުނީ ކުއްލިއަކަށް ކާރުކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއްގެ އަޑުންނެވެ.
އެކި ގޯޅިތަކުން ވަދެގެން އައިސް ބޮޑު އިމާރާތެއްގެ ކުރިމައްޗައް ކާރު ހުއްޓާލުމާއެކު ޑްރައިވަރ ކާރުން ފައިބާ ދޮރުފަތް ހުޅުވާލަ ދިނުމާއެކު ނާޒިމް ކާރުން ފޭބިއެވެ.
ފަހަތުން ތަމަންވެސް ފޭބިއެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު އިމާރާތުގެ އެންމެ މައްޗާ ހިސާބައް ތަމަން ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.
މީތަ ނާޒިމްބޭގެ ހާދަ ބޮޑު ގެއެކޭ".. ތަމަން ކުރިމަތިން ފެންނަންހުރި ބާރަ ބުރީގެ އިމާރާތައް ބަލަންހުރެ ހިތާ ހިތުން ކިޔާލެވުނެވެ.
"އާޝާ.... ނާޒިމް އެތެރެއަށް ވަންނަން ހިނގައިގަތް އިރުވެސް ތަމަން އެހެން ހުރުމުން ގޮވާލިއެވެ.
މާ ބޮޑަށް ވަރުބަލި ވީ ދޯ... އާދޭ އެތެރެއަށް އަރާމް ކޮއްލަންދާން.. ނާޒިމް ތަމަން އަތުގައި ހިފާ ހިނގައިގަންނަމުން ބުނެލިއެވެ.
ތަމަން އެއްވެސް އެއްޗެއް ނުބުނެ ނާޒިމްގެ ފަހަތުން އެތެރެއަށް ވަނެވެ.
ހޮޓެލްވިއު ސެވެން ސްޓާރ ހޮޓެލް އެތެރެއަށް ވަދެވުމާއެކު ތަމަންގެ ފައި ބިމުގައި ތަތްވިކަހަލައެވެ އެތަނަކީ ދުވަހަކު ހުވަފެނުންވެސް ތަމަންއަށް ފެނިފައިވާ ނުވާހާ ފުރިހަމައަށް ތައްޔާރު ކޮއްފައިވާ ތަނެކެވެ.
އެތަނަކީ ނާޒިމްގެ އަންހެނުން ފަޒްލާގެ ބައްޕަ ރާއްޖޭގެ ހޮޓެލްދާއިރާގައި ނަން މަޝްހޫރު ފަވާޒް އިބްރާހީމްގެ ތަނެކެވެ. .
ހޮޓެލްގެ ލޮބީގައި ބަހައްޓާފައިވާ އަރާމު ސޯފާތަކާއި އެކި ކުލަ ކުލައިގެ މާޓުކުރި ތަކުންވެސް އެތަނުގެ ހިތްގައިމުކަން އިތުރުވެއެވެ.
ލޮބީގެ އެއްފަރާތުން މައްޗައް އެރެން ސިޑިއެއް ހުރިއިރު އެއާއި ޖެހިގެން ލިފްޓެއްވެސް ހުއްޓެވެ.
އެގަޑީގައި ރިސެޕްޝަންގައި ޑިއުޓީގައި ތިބި ތިން އަންހެންކުދިން ނަށް އެތެރެއަށް ވަދެގެންއައި ނާޒިމްފެނުމާއެކު ކޮޅަށްތެދުވިއެވެ.
ފުންނަޒަރަކުން ތަމަން އެ ތިންކުދިންނައް ބަލާލިއެވެ. މަޑު ނޫކުލައިގެ އެއްގޮތަކަށް ހުރި ޔުނީފޯމެއްލައިގެން ތިބި ތިން ކުދިންގެ މޫނުމަތިން ނިދީގެ އަސަރު ކޮންމެވެސް ވަރަކަށް ހުއްޓަސް އެގަޑިގައިވެސް ތިބީ ވަރަށްރީތިކޮއް މޭކަޕް ކޮއްލައިގެންނެވެ.
އެމީހުންގެ ކުރިމަތިން ނާޒިމް ތަމަންއާއި އެކު ގޮސް ލިފްޓް ތެރެއަށް ވަނުމުން ތިންކުދިން އެކުގައި ގޮނޑީގައި އިށީނެވެ.
ދުވަހަކުވެސް ލިފްޓަކަށްނާރާ ތަމަން އެކަންވީވެސް މުޅިން އާކަމަކަށެވެ.
ދިހަވަނަ ނަންބަރަށް ނާޒިމް ފިތާލާފައި ކުޑައިރުކޮޅަކުން ދޮރު ހުޅުވުމުން ނާޒިމްއާއި އެކު ތަމަން ފޭބިއެވެ.
ދެން ފެންވަރާލައިގެން އަރާމުކޮއްލާ .. އިރުކޮޅަކުން ކާއެއްޗެހި ގެންނާނެ.. ކަމެއް ބޭނުންވެއްޖާ ބޭބެއަށް ގުޅާލާ ޖެހިގެން މީނަ ކޮޓަރީ ބޭބެ އުޅޭނަން ނާޒިމް އެހެން ބުނެ ނިކުމެގެން ދިއުމުން ފުރަތަމަ ކަމަކަށް ތަމަން ދަބަހުން ފޯނުނަގާ ބަލާލީ ތާޜާ ގުޅާފައި އޮންނާނެވަރު އެގުމުންނެވެ.
ފޯން ބެޓެރި ހުސްވެގެން ނިވިފައި އޮތުމުން ކުޑަކޮށް ޗާޖް ވަންދެން ތަމަން ފޯން ބޭއްވިއެވެ.
ވެފަ ހުރި ވަރުބަލީގައި ފާޙާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ ފޯން ހުޅުވާލިއެވެ. ތާރާ ގުޅާފައި އޮތްވަރުފެނުމުން ތަމަން އަވަސް އަވަހަށް ތާރާގެ ނަންބަރައް ގުޅާލިއެވެ.
ފުރަތަމަ ރިންގާއެކު އެކު ފޯނުނަގާ ކަންފަތުގައި ޖަހައިލަމުން ތާޜާ ޝަކުވާ ކޮއްލިއެވެ.
ފޯން ނިވިފައި އޮތީ.. އައިގޮތަށް އެންމެ ފުރަތަމަ އަހަރެންގެ ދޮންތައަށް މިގުޅީ .. އަހަރެން ވަރަށް ވަރައް މިސްވޭ..
ކޮއްކޮދެން އަރާމުކޮއްލާ..ދޮންތަ ގުޅާނަން ފަހުން. ވާހަކަދައްކަމުން ދިޔައިރު ތަމަންވެފަ ހުރި ވަރުބަލި އިހުސާސް ކުރެވުމުން ތާރާބުނެލިއެވެ.
ތާރާ ފޯނުކަނޑާލާމުން ކޮޓަރިތެރެއަށް ނަޒަރެއްދެމުން ކުރިމަތިން ބްލައިންޑްސްގެ ފަރުދާއަކުން ނިވާކޮއްލެވިފައިވާ އިސްކޮޅު ވަރުވާ ކުޑަދޮރާ ދިމާލައް ތަމަން ހިނގައިގަތެވެ.
އަދި އެއްފަރާތުގައިވާ މިނާފުއްތަކެއްފަދަ ވާފަށައްދަމާލުމާއެކު ބްލައިންޑްސްގެ ދޭތެރެތަކުން ބޭރު ފެންނަން ފެށިއެވެ.
އިމާރާތުގެ ދިހަވަނަ ބުރީގައި ހުރެ ވަށައިގެން ތަމަން ނަޒަރު ހިންގާލިއެވެ. .މާލޭގެ ހަލަބޮލި މަގުތަކުގައި ދުއްވާއެއްޗެހިގިނަ ވަގުތެއްކަމުގައި ވިޔަސް ކުރިމަތިން ފެންނަންއޮތް ހުޅުލޭ ރަންވޭއަށް ޖައްސަންއައި ބޯޓަށް ތަމަންއަށް ބަލާލެވުނެވެ.އިމާރާތުގައި ހުރެބަލާލާއިރު އެމަންޒަރު ހިތަށް ހަމަޖެހުން ގެނެސްދެއެވެ.
އެ ހިތްގައިމު މަންޒަރު ބަލަން ހުރި ތަމަން އެދާދިމާލަށް ހިނގައިގަތެވެ. އެނދުގައި ހަށިގަނޑު ޖެހުނު ވަގުތު އެނދުގެ ތެރެއަށް ހަށިގަނޑު ވަދެގެން ދިޔަޢި އަޅާފައިވާ މަޑު ގޮދަޑީގެ ސަބަބުންނެވެ.
އެ އަރާމު އެނދުގައި ތަމަންއޮށޯވެލުމާއެކު ލޮލުގެ ތެރެއަށް ނިދި ސަވާރަވީ ކޮންއިރަކު ކަމެއްވެސް ނޭގުނެވެ.
**
އަދިވެސް ބައްޕަ ގާތު އަހަރެމެންގެ ގުޅުމުގެ ވާހަކަ ނުބުނަންތަ.. އަހަރެން ވަރައް އަވަހައް މެރީ ކުރަން ބޭނުން .. އަހަރެންނައް އެގޭ އަހަރެން ފުރައިގެން ދިޔައީމަ ބޭބީ އެކަނިވާނެ ވަރު.. އަތިރިމަތީ ހުދު ދޮންވެލި ގަނޑުމަތީގައި އިށީދެލައިގެން އިނދެ ތާރާގެ އަތުގައި ހިފާލަމުން މާކިން ވާހަކަ ދެއްކިއެވެ.
ނުބުނާކަށް ނޫޅެމޭ.. އެކަމަކު އަދި ތަމީ ދިޔަތާވެސް މިވީ ދެދުވަސް ...އެހެންވެ އަދި ބުނަންނުކެރިގެން މިއުޅެނީ ބައްޕަ ހީކުރައްވަ ފާނެ އަހަރެން މާލެ މީހަކާއިނދެގެން ބައްޕަ ދޫކޮއްލާފަހިނގައިދާނޭ.. އަހަރެން ބައްޕަ ތަންކޮޅެއް ހަމަ ޖެހުނީމަ އެވާޙކަ ދައްކާނަން..
އެހެންނޫނަސް މިހާރު ތިއުޅެނީ އަހަރެން ދޫކޮއްލާފަ މާލެ ދާން.. ހަމަ ދާތަނުން އަހަރެންނައްވުރެ ރީތިކުއްޖެއް ފެނިގެން އަހަރެންމަތިން ހަދާންވެސްނެތިދާނެއްނު... ތާރާ ސަމާސާއަކައް ހަދާފައިބުނެލިއެވެ.
މަޖަލަކައްވެސް ތިކަހަލަ އެއްޗެއް ނުބުނައްޗޭ.. އަހަރެން މުޅިއުމުރަށް މީހަކާ ނީނދެ ހުންނަން ޖެހުނަސް ބޭބީ ނޫން އެހެން އެއްވެސް މީހަކާ ނީންނާނަން ..
މާކިން ލޯއަޅަލަމުން ތާރާއާއި ދިމާލައް ބުނެލިއެވެ.
އައިޒާ ޔަޒާންގެ އަތުގައި ނުޖެހެން ދުވަމުން އައިސް ތާޜާމެންގެ ގާތު އިށީނެވެ.އޭރު ޔަޒާންވެސް ދުވަމުން އައިސް އައިޒާގައިގާ ޖެހިފިތިގެން އިށީނެވެ.
ހާދަ ވަރެއްކޮއްލާފަ ތިއައީ.. އަހަރެމެންނައްވުރެ ކުރީގައޭ މިމީހުން މިހާރު އުޅެނީ.. މާކިން ޔަޒާންމެންނާ ދިމާކޮއްލަމުން ބުނެލިއެވެ.
ތާރާމެން އެތަނަށް އައީންސުރެ އެމީހުންގެ ކޮންމެ ހަރަކާތެއްބަލަން ސަލާމްހުރީ އެމީހުންނާ ނުހަނު ގާތުގައެވެ.
ނަމަވެސް ރޭގަނޑުގެ ވަގުތުކަމުން ސަލާމް އެތާހުރިކަމެއް އެކަކައްވެސް ނޭގެއެވެ.
ރުޅިއާއި ނަފުރަތުން މީހާ ފޯވާން ފެށުމުން އެމީހުންނައް ނުފެނި ސަލާމް ގެއާދިމާލަށް ހިނގައިގަތީ ނިޔާޒްއާއި އެވާހަކަދައްކަން ނިންމައިގެންނެވެ.
ގޭތެރެއަށް ވަދެގެންއައިސް ސަލާމް ނިޔާޒްގާތު ހުއްޓުނެވެ. ކައިފިންތަ މިރޭ ކޭގަޑިގައި ސަލާމް ގެއަށް ނާންނާތީ ނިޔާޒް އަހާލިއެވެ. އަދި ނުކަން ،ސަލާމް ބުނެލިއެވެ
..ދޭ ކާން މިހާރު ތިއޮއް ނުވައެއްޖަހާދިޔައީ...
ސަލާމް ނުކާތީ ތާރާ ބޭރަށް އެދިޔައީ ސަލާމްއަށް ކެވޭގޮތަށް މޭޒްމައްޗައްއެއްޗެހި ނަގާފަ..
ނިޔާޒް އަހަރެން ނިޔާޒްގާތު ވަރަށް ބޮޑުވާހަކައެއް ދައްކަން ވެފަ އެބައޮތް..
ސަލާމްގެ މޫނުމަތިން ފެންނައް ހުރި ކުލަވަރުން ބުނަންއުޅެނީ ބޮޑުވާހަކައެއްކަން އެގެއެވެ...
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް