އުރީދޫ ލޯގޯ ފެންނާނެހެން ފޮޓޯއެއް ނަގައިގެން ވަގުތުން ފޮޓޯ ޕްރިންޓްކޮށްލެވޭ ކެމެރާއެއް ލިބުމުގެ ފުރުޞަތު

އުރީދޫ މޯލްޑިވްސްގެ ލޯގޯ ފެންނާނެހެން ފޮޓޯއެއް ނަގާ ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ވަގުތުން ފޮޓޯ ޕްރިންޓްވާ ކެމެރާއެއް ލިބުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އުރީދޫއިން މި ފުރުޞަތު ހުޅުވާލާފައިވަނީ...

20 Aug 2025 | 06:53
އުރީދޫއިން ކުރިއަށްގެންދާ ޕްރޮމޯޝަން -

އުރީދޫއިން ކުރިއަށްގެންދާ ޕްރޮމޯޝަން -

އުރީދޫ މޯލްޑިވްސްގެ ލޯގޯ ފެންނާނެހެން ފޮޓޯއެއް ނަގާ ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ވަގުތުން ފޮޓޯ ޕްރިންޓްވާ ކެމެރާއެއް ލިބުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އުރީދޫއިން މި ފުރުޞަތު ހުޅުވާލާފައިވަނީ އިއްޔެ ފާހަގަކުރި ދުނިޔޭގެ ފޮޓޯގްރަފީ ދުވަހާއި މިހާރު ފާހަގަކުރަމުން އަންނަ އުރީދޫގެ 20 ވަނަ އަހަރުގެ މުނާސަބަތާއި ގުޅުވައެވެ.

ފުޖީ، އިންސްޓެކްސް މިނީ 40 މަރުކާގެ ކެމެރާއެއްލިބޭ މި ޕްރޮމޯޝަންގައި ބައިވެރިވާން ވަރަށް ފަސޭހައެވެ.

އުރީދޫގެ ލޯގޯއެއް ފެންނަހެން ފޮޓޯއެއް ނެގުމަށްފަހު #ooredoo20 ހޭޝްޓެގާއެކު އިންސްޓަގްރާމް ފޭސްބުކް އަދި އެކްސްގައި ޕޯސްޓްކޮށްލުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ.

އުރީދޫގެ ލޯގޯ ހިމެނޭ ފޮޓޯއެއް ނަގަން ބޭނުންނަމަ އުރީދޫ އެޗްކިއު، އުރީދޫ އާ ގުޅުންހުރި ވިޔަފާރިތަކުން އުރީދޫގެ ލޯގޯ ފެންނާނެހެން ފޮޓޯއެއް ނެގިދާނެއެވެ. އުރީދޫގެ ލޯގޯ ފެންނާނެހެން އުރީދޫގެ ސިމްކާޑެއްގެ ފޮޓޯއެއްވެސް ނެގިދާނެއެވެ.

ފޮޓޯ ޕޯސްޓް ކުރަނީ ޕްރައިވެޓް އެކައުންޓަކުން ނަމަ ސްކްރީންޝޮޓް އުރީދޫގެ ސޯޝަލް މީޑިއާ ހޭންޑަލްތަކަށް ޑައިރެކްޓް މެސެޖުވެސް ކުރެވިދާނެއެވެ.

މި ފުރުޞަތު މި ހިނގާ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް