ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގުމާއި ހިލާފަށް ހުއްދަ ނުނަގާ މާލެއިން ތ. ވިލުފުއްޓަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އުމުރުން 35 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ކޯވިޑް ފެތުރޭ ރަށަކުން އެހެން ރަށަކަށް ދާ ނަމަ ހުއްދަ ނަގަން ޖެހޭ ކަމެވެ. ހުއްދަ ނެތި ގޮސްފި ނަމަ އެ ކުރެވެނީ ކުށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް