ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 145 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 145 މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 11 މީހަކާއި އިންޑިއާއަށް ނިސްބަތްވާ ތިން މީހަކާއި ސްރީ ލަންކާއަށް ނިސްބަތްވާ ފަސް މީހަކާއި ނޭޕާލު މީހަކާއި ޖަޕާނު މީހެއްގެ އިތުރުން ޖޯޑަންގެ މީހެކެވެ.
ބެލެވޭގޮތުގައި ޖޯޑަން އަދި ޖަޕާނު މީހާއަކީ ދެ ފަތުރުވެރިންނެވެ.
މިއަދު 145 މީހަކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މިވަނީ 6370 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް