ހާއްސަ ހުއްދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ދާ ފަސްވަނަ ބެޗު ފުރައިފި

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ވައިގެ މަގު އަދި އާންމުކޮށް ހުޅުވާލާފައި ނުވި ނަމަވެސް ރާއްޖެއަށް ދީފައިވާ ހާއްސަ ހުއްދައިގެ ދަށުން ބޭސް ފަރުވާއަށް ދާ ފަސްވަނަ ބެޗު މިއަދު ފުރައިފިއެވެ. އާސަންދައިގ...

20 Aug 2020 | 14:51

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ވައިގެ މަގު އަދި އާންމުކޮށް ހުޅުވާލާފައި ނުވި ނަމަވެސް ރާއްޖެއަށް ދީފައިވާ ހާއްސަ ހުއްދައިގެ ދަށުން ބޭސް ފަރުވާއަށް ދާ ފަސްވަނަ ބެޗު މިއަދު ފުރައިފިއެވެ.

އާސަންދައިގެ ދަށުން ހާއްސަ ހުއްދައިގެ ތެރެއިން މިއަދު އިންޑިއާއަށް ފުރާފައިވަނީ 18 މީހެކެވެ. މި ބެޗު ފުރާފައިވަނީ މިއަދު 18:15ގައެވެ.

މިއަދު ފުރި ބެޗުގައި 18 ބަލި މީހަކާއި 18 އެހީތެރިންގެ އިތުރުން މެޑިކަލް ހަތަރު އެސްކޯޓުންވެސް ގޮސްފައިވާކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

މި ހާއްސަ ހުއްދައިގެ ދަށުން ބޭސް ފަރުވާއަށް ދިވެހިން އިންޑިއާއަށް ދަނީ ދުރާލާ ކޯވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގަޓިވް ވުމުންނެވެ. އަދި އިންޑިއާއިންވެސް އެ ޕަސިންޖަރުން ޓެސްޓް ކުރާނެ ކަމަށާއި އެގައުމުގައި 14 ދުވަސް ކަރަންޓީނުގައި ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އަދި 14 ދުވަސް ހަމަވުމުންވެސް ކޯވިޑަށް ޓެސްޓް ކުރާނެ ކަމުގައި އާސަންދައިން ބުނެއެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް