މައުސޫމަށް ރުހުން ދޭން ކޮމިޓީ މަރުހަލާގައި ނިންމައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާފައިވާ، ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓ...

20 Aug 2020 | 14:40

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާފައިވާ، ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

މައުސޫމަށް ރުހުން ދޭން ކޮމިޓީން ނިންމާފައިވާއިރު ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރައްވާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ.

މައުސޫމް މިނިސްޓަރު ކަމަށް އައްޔަން ކޮށްފައިވަނީ މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު މަގާމުން ވަކި ކުރުމުންނެވެ. އެ މަގާމުން އަލީ ވަހީދު ވަކިކޮށްފައިވަނީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް