ޝިޕިން އެޖެންޓުންނާއި ފުރައިޓް ފޯވަޑަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މިހާތަނަށް 21 ފަރާތަކަށް ހުއްދަދީފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މަޖުލީހުގެ އިޤްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ ޝިޕިން އެޖެންޓުން ރަޖިސްޓަރ ވުމަށް ހުޅުވާލި ފުރުސަތުގައި 112 ފަރާތެއް އެކަމަށް އެދުނުކަމަށެވެ. އަދި މީގެތެރެއިން 21 ފަރާތަކަށް މިހާތަނަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ރަކާތްތެރިވުމަށް ހުއްދަދީފައިވާކަމަށެވެ.
ޝިޕިން އެޖެންޓުން ރަޖިސްޓަރކޮށްގެން، ލައިސަންސެއްގެ ދަށުން ނޫނީ ފުރައިޓް ފޯވަޑިން ހިދުމަތް ނުދެވޭނެ ގޮތަށް ޤަވާއިދެއްގެ ދަށުން ހެދީ ގިނަ ބައެއްގެ ޝަކުވާތަކެއް އެކަމާމެދު އޮތުމުން، އެކަންތައް ހައްލުކުރުމަށް ކަމަށް އާދިލް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ ޝިޕިން އެޖެންޓް، ފުރައިޓް ފޯވަޑާޒްގެ 90 އިންސައްތަ ފަރާތްތަކަކީ ދިވެއްސެއްގެ ނަމުގައި ބޭރު މީހުން ހިންގާ ކުންފުނިތައްކަމަށް އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ، ޤަވާއިދު އެކުލަވާލުމުގެ ކުރިން ދިޔައީ ފުރައިޓް ފޯވަޑިންގެ ހިދުމަތް ދިނުމުގައި ގިނަ ފީތަކާއި، ބޮޑެތި އަގުތަކެއް ނަގަމުންކަމަށާއި، އައު ޤަވާއިދުގެ ދަށުން މިމައްސަލަތައް ހައްލުވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް