ބީއެމްއެލް އަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފި

ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކޮށް، ދެ ފަހަރަށް ފައިސާ ކެނޑުނު ކަސްޓަމަރުންގެ އެކައުންޓުތަކަށް އިތުރަށް ކެނޑުނު ފައިސާ އަނބުރާ ޖަމާ ކުރެވިފައިވާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ. އެ ބޭންކުން ބު...

20 Aug 2020 | 07:12

ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކޮށް، ދެ ފަހަރަށް ފައިސާ ކެނޑުނު ކަސްޓަމަރުންގެ އެކައުންޓުތަކަށް އިތުރަށް ކެނޑުނު ފައިސާ އަނބުރާ ޖަމާ ކުރެވިފައިވާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

އެ ބޭންކުން ބުނީ، ރޭ ގިނަ ކަސްޓަމަރުންތަކަކަށް މި މައްސަލަ ދިމާވީ ޓެކްނިކަލް މައްސަލެއްގެ ސަބަބުންނެވެ. އެ މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ޖަމާ ކޮށްދީފައިވަނީ ރޭ ދަންވަރު 3:44 ހާއިރު އެވެ.

އެކައުންޓުން ދެ ފަހަރަށް ފައިސާ ކެނޑުމުގެ ސަބަބުން ބައެއް ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. އަދި ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ޖަމާކޮށްދިނުމަށް ކަސްޓަމަރުން ވަނީ އެދިފަ އެވެ. މިއާއެކު ބީއެމްއެލުން ވަނީ އެ މައްސަލަ ދިމާވި ސަބަބު ހޯދިފައިވާ ކަމަށާއި ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

https://twitter.com/bankofmaldives/status/1296134592076771328

ދިމާވި މި މައްސަލަ އަށް އެ ބޭންކުން ވަނީ މާފަށް އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް