ޅ. ހިންނަވަރާއި ތ. ތިމަރަފުށިން ކޯވިޑް-19 އަށް ތިން މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ ހިންނަވަރުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 10 އަހަރުގެ އަންހެން ކުއްޖަކާއި 78 އަހަރުގެ އަންހެނެއް ކަމަށެވެ. ތިމަރަފުށިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
މި ތިން މީހުންނަކީވެސް އެ ރަށްރަށުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި ފަހުން ޕޮސިޓިވްކަން އެނގުނު މީހުންނެވެ. އެޗްއީއޯސީން ބުނީ ކަރަންޓީންގެ ތިބޭ މީހުންގެ ފަރާތުން ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
މި ދެ ރަށުގެ އިތުރުން މިހާތަނަށް 17 ރަށަކާއި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގެ ދެ ރަށަކުން މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
މމިހާތަނަށް ރާއްޖެއިން6،000 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
އޭގެ ތެރެއިން24 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް