އަތޮޅުތެރޭން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމުކުއްޔަށް ބަދަލު ގެންނަނީ

އަތޮޅު ތެރޭން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމު ކުއްޔަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ފަތުރުވެރިކަމުގެ ވުޒާރާއާއި މިހާރު ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސް...

20 Jul 2020 | 16:44

އަތޮޅު ތެރޭން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމު ކުއްޔަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ފަތުރުވެރިކަމުގެ ވުޒާރާއާއި މިހާރު ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

އެގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަތޮޅުތެރޭގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލުގެންނަން ހުށަހަޅަން ސަރުކާރުން ނިންމާފައިވާކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް އަތޮޅުތެރޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުވެގެންދާނެ ކަމަށެވެ.

އެގޮތުން ސަރުކާރުން ހުށަހަޅަނީ އައްޑުއާއި ފުވައްމުލަކުގައި ހިންގާ ރިސޯޓްތަކުގައި އަކަމީޓަރަކަށް ދެ ޑޮލަރު، ހއ. އާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ އިތުރުން ށ.، ގއ.، ގދ. އަދި ލ. އަތޮޅުގައި އަކަމީޓަރަކަށް ހަ ޑޮލަރު ނެގުމަށެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ހިންގުމށް ނަގާ ބިމު ކުއްޔަށްވެސް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާކަމަށްވެސް ފައްޔާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެގޮތުން އައްޑޫ ސިޓިއާއި ފުވައްމުލަކު ސިޓީގައި އަކަމީޓަރަކަށް އެއް ޑޮލަރު، ހއ. އަދި ހދ. އަތޮޅުގައި އަކަމީޓަރަކަށް ދެޑޮލަރު ނެގުމަށާއި ށ، ގއ.، ގދ.، އަދި ލ. އަތޮޅުގައި ތިން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި ހަތަރު ޑޮލަރު ނަގާގޮތަށް ހަމަޖައްސާނެ ކަމުގައިވެސް ފައްޔާޒް ވިދާޅުވެފައިވެއެވެ.

މި ބަދަލުތައް ގެންނަން ސަރުކާރުން ނިންމާފައިވާއިރު ޓެކްސް ފިޔަވައި، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުލިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް