ބީއެމްއެލްއިން އެކައުންޓު ވެރިފައި ކުރަން މެއިލް އެއް ނުކުރާނެ!

ބޭންކް އޮފް މޯލްޑިވްސްއިން އިންޓަނެޓް ބޭންކިންގެ އެކައުންޓު ވެރިފައި ކުރަން އީމެއިލް ނުކުރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތު...

20 Jul 2020 | 16:34

ބޭންކް އޮފް މޯލްޑިވްސްއިން އިންޓަނެޓް ބޭންކިންގެ އެކައުންޓު ވެރިފައި ކުރަން އީމެއިލް ނުކުރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެދި ބައެއް މީހުންނަަށް ދަނީ އީމެއިލްތަކެއް ކުރަމުންނެވެ. ބޭންކުން އިންޓަނެޓް ބޭންކިން ނުވަތަ އެކައުންޓްގެ އެއްވެސް މައުލޫމާތެއް އީމެއިލް މެދުވެރިކޮށް ނުހޯދާނެ ކަމަށް ބުނެ އެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ އީމެއިލްގައި ބުނެފައިވަނީ އެއީ މުހިންމު ސެކިއުރިޓީ ޗެކެއް ކަމަށާއި އިންޓަނެޓް ބޭންކިންގެ މައުލޫމާތު، މެއިލްގައި ހިމަނާފައިވާ ލިންކުގައި ހިއްސާކުރުމަށް އެދޭ ކަމަށެވެ. ބީއެމްއެލްއިން ބުނީ އެއީ "ފިޝިން" އީމެއިލްއެއް ކަމަށެވެ.

ބީއެމްއެލްއިން ބުނީ މިގޮތަށް ފޮނުވާ މެއިލްތަކަށް ރިޕްލައި ނުކުރުމަށް އެދޭކަމަށެވެ. އަދި ވަގުތުން އެ ފޮނުވާ މެއިލް އެޑްރެސްއެއް ބްލޮކް ކުރުމަށް އެދިފައިވެ އެވެ.

https://twitter.com/bankofmaldives/status/1285094210345947136

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް