އަދީބު މިނިވަންވި މައްސަލައިގާ ދައުލަތުން ކުރި އިސްތިއުނާފު ބަލައިގެންފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަށް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާއެކު އޭނާ މިނިވަންވި މައްސަލައިގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފި...

20 Jul 2020 | 09:21

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަށް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާއެކު އޭނާ މިނިވަންވި މައްސަލައިގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ހަތް މައްސަލައެއް ކްރިމިނަލް ކޯޓުގައި އޮއްވާ އެ ދައުވާތައް ބޭރުކޮށްލުމާއެކު އަދީބު ވަނީ މިނިވަން ވެފައެވެ. މި މައްސަލަ އިސްތިއުނާފް ކުރާނެކަން ޕްރޮސެކިއުޓަރ ޖެނެރަލް އޮތީ ހާމަކުރައްވާފައެވެ.

މައްސަލަ އިސްތިއުނާފް ބަލައިގެންފައިވާއިރު އަދީބުގެ މައްސަލަތައް ބޭރުކޮށްލި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެ މައްސަލަ ބަލަމުން އަންނައިރު އޭނާ މިހާރު ވަނީ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް