ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުއްޖަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓަމުންދާ ކުއްޖަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ޕޮސިޓިވްވެފައިވަނީ އުފެދުމުގައިވެސް ބައްޔެއް ހުރި އުމުރުން 12 އަހަރުގެ ކުއްޖެކެވެ. ޖެންޑާ މިނިސްޓްރީން ބ...

20 Jul 2020 | 07:58

ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓަމުންދާ ކުއްޖަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ޕޮސިޓިވްވެފައިވަނީ އުފެދުމުގައިވެސް ބައްޔެއް ހުރި އުމުރުން 12 އަހަރުގެ ކުއްޖެކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާއަކީ މިދިޔަ މާޗް މަހުގެ ހަ ވަނަ ދުވަހު ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔަ ކުއްޖެއްކަމަށެވެ. އެ ކުއްޖާ އެނބުރި އައީ މިދިޔަ މަހުގެ30 ވަނަ ދުވަހު ކަމަށާއި އައި ދުވަހުން ފެށިގެން ހުރީ ކުޑަކުދިންގެ ހިޔާގެ ކަރަންޓީން ފެސިލިޓީގައި ކަމަށް ބުނެ އެވެ.

ޖެންޑާ އިން ބުނީ ކަރަންޓީން މުއްދަތު ހަމަވިފަހުން ޓެސްޓު ކުރި އިރު އެ ކުއްޖާ ކޯވިޑަށް ނެގެޓިވްވި ކަމަށާއި އެއީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އެކަމަކު މިމަހުގެ18 ވަނަ ދުވަހު އިތުރު ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންދިއުމަށް އައިޖީއެމްއެޗަށް އިތުރުފަރުވާއަށް ބަދަލު ކުރީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަދި އައިޖީއެމްއެޗުގައި އަލުން ކޯވިޑަށް ޓެސްޓު ކުރި އިރު އެ ކުއްޖާ ކޯވިޑަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އެއީ ރޭގައި އެވެ.

ޖެންޑާއިން ބުނީ އެ ކުއްޖާ ޕޮސިޓިވްވުމުން ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުޑަކުދިންގެ ހިޔާގައި ކުރަމުންދާ ކަމަށެވެ. އަދި އެތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް