ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމާއި ސަރުކާރުން ދެކޮޅު

އިމިގްރޭޝަނަށް ގާނޫނަށް އިސްލާހު ގެނެސް ބިދޭސީންނަށް ރެސިޑެންޓު ވިސާ ދޫކުރުމާއި ސަރުކާރުން ދެކޮޅުކަން ހާމަކޮށްފި އެވެ. މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވ...

20 Jul 2020 | 07:52

އިމިގްރޭޝަނަށް ގާނޫނަށް އިސްލާހު ގެނެސް ބިދޭސީންނަށް ރެސިޑެންޓު ވިސާ ދޫކުރުމާއި ސަރުކާރުން ދެކޮޅުކަން ހާމަކޮށްފި އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ރެޒިޑެންސީ ވިސާދޭން ބޭނުން ނުވާ ކަމަށެވެ. މި އިސްލާހަކީ މިވަގުތު ގެނައުން މުހިންމު އިސްލާހެއް ނޫންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މިއަށްވުރެ ބޮޑެތިކަންކަން އިސްލާހު ކުރަން އެބަ ހުރި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރެޒިޑެންސް ވިސާއަކީ ސިޓިޒަންޝިޕް ދިނުމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ރެޒިޑެންސް ވިސާއިން ލިބޭ ހަމައެކަނި ފައިދާއަކީ ފަސޭހަކަމާ އެކު ގައުމަށް ވަދެ ނުކުތުން ކަމަށް ވިދާޅުވި އެވެ.

ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ރެޒިޑެންސީ ވިސާދޭން ބޭނުން ނުވިނަމަވެސް، ދިގު މުއްދަތަށް ރިޒޯޓުތަކުން ވިލާ ގަންނަ ފަރާތްތަކަށް ސެކަންޑް ހޯމް ރެޒިޑެންސީ ވިސާގެ ގޮތުގައި ވިސާ ދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް