ފާމަސޫޓިކަލްސް ދާއިރާއިން ސްކޮލަރޝިޕް ފުރުސަތުތަކެއް އެސްޓީއޯއިން ހުޅުވާލައިފި

ފާމަސީ ކޯސް ކިޔެވުމުގެ ސްކޮލާޝިޕް ޕްރޮގްރާމެއް އެސްޓީއޯއިން ހުޅުވާލައިފިއެވެ. އެސްޓީއޯއިން ވަނީ ފާމަސިސްޓުން ތަމްރީން ކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ. އެސްޓ...

20 Jul 2020 | 07:33

ފާމަސީ ކޯސް ކިޔެވުމުގެ ސްކޮލާޝިޕް ޕްރޮގްރާމެއް އެސްޓީއޯއިން ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ވަނީ ފާމަސިސްޓުން ތަމްރީން ކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

އެސްޓީއޯއިން ދޭ މި ސްކޯލާޝިޕްއަކީ ސްޓްފިކްޓް ލެވެލް 4 ގެ އެއް އަހަރު ދުވަހަށް ހިންގާ ކޯހަކަށް ދޭ ސްކޯލާޝިޕެކެވެ. މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް އެސްޓީއޯގެ ފަރާތުން ކޯސް ފީގެ އިތުރުން ލިވިން އެލަވަންސް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހިންގާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 4 ގެ މި ކޯހަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

އެސްޓީއޯއިން ސްކޮލާޝިޕްއެއްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައި ވާއިރު މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ޖީސީއީ އޯލެވަލް އަދި އެސްއެސްސީ ގެ ދެ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށެވެ. ބަޔޮލޮޖީ އަދި އިނގިރޭސިން ފާސްވެފައިވާ ނުވަތަ ފާމަސީ ސެޓްފިކެޓް ތިނެއް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް ވެ އެވެ.

ސްކޮލާޝިޕް މި ޕްރޮގްރާމުގެ ދަށުން ކޯސް ފުރިހަމަ ކުރާ ފަރާތްތައް އެގްރިމެންޓެއްގެ ދަށުން އެސްޓީއޯ ފާމަސީއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވޭނޭކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް