ޕޮސިޓިވްވި މަޖިލީހުގެ މުވައްޒަފާއި ކޮންޓެކްޓުވެގެން މެމްބަރު އީސަ އައިސޮލޭޝަނަށް

އިއްޔެ ކޯވިޑަށް ޕޮސިޓިވްވި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފާއި ގުޅުން ހުރި މީހުންގެ ތެރޭގައި ހިމެނިގެން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އައިސޮލޭޓް ވާން އަންގައިފި އެވެ. މިކަން ހާ...

20 Jul 2020 | 05:38

އިއްޔެ ކޯވިޑަށް ޕޮސިޓިވްވި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފާއި ގުޅުން ހުރި މީހުންގެ ތެރޭގައި ހިމެނިގެން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އައިސޮލޭޓް ވާން އަންގައިފި އެވެ.

މިކަން ހާމަކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދެވެ. އިއްޔެ ޕޮސިޓިވްވެފައިވަނީ މަޖިލީހުގެ ކޮމިޓީ ސެކްޝަންގެ މުވައްޒަފެކެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އީސާ ވަނީ އެ މުވައްޒަފާއި ސީދާ ބައްދަލުވެފައި ކަމަށެވެ. ބެލެވޭގޮތުގައި އެއީ ކޮމިޓީ ބައްދަލުވުމަކުންނެވެ. އީސަ އަކީ އިޖްތިމާއީ ކޮމިޓީގެ މުގައްރިރެވެ.

ޕޮސިޓިވްވި މުވައްޒަފާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އަދި އިއްޔެ ވަނީ މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓުކޮށްފައި އެވެ.

މިިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ހުރިހާ މުވައްޒަފުންނާއި މެމްބަރުންވެސް އެކަކު އަނެކަކާއި ބައްދަލުވާއިރު މާސްކު އަޅައިގެން ތިބުމަކީ ރައްކާތެރިކަމެއް ކަމަށެވެ.

މިހާތަނަށް މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެންމެ ފުރަތަމަ ޕޮސިޓިވްވެފައިވަނީ މެއިންޓަނަންސްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

އޭނާ އާއި ގުޅުންހުރި މީހުންގެ ގޮތުގައި މަޖިލީހުގެ 29 މުވައްޒަފަކު އައިސޮލޭޝަންގައި ހުންނަން ޖެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް