ދުވާލަކު 14 ފަހަރު ފޮޑި ޖެހޭތަ؟ ފޮޑީގައި ނުބައި ވަސް ދުވަނީ ކީއްވެ!

ސިއްހަތު ރަނގަޅު މީހެއް ނަމަ ކޮންމެ ދުވަހަކު 14 ފަހަރު ފޮޑި ޖެހެންވާނެ އެވެ. މިއީ އަހަރެމެން ދައްކާ ވާހަކައެއް ނޫނެވެ. ކަމާބެހޭ މާހިރުން ބުނާ ވާހަކައެކެވެ. ފޮޑި އަކީ ބަނޑުގައި ހުންނަ ހަށިގަނޑަށް އުނދަ...

20 Jul 2020 | 03:27

ސިއްހަތު ރަނގަޅު މީހެއް ނަމަ ކޮންމެ ދުވަހަކު 14 ފަހަރު ފޮޑި ޖެހެންވާނެ އެވެ. މިއީ އަހަރެމެން ދައްކާ ވާހަކައެއް ނޫނެވެ. ކަމާބެހޭ މާހިރުން ބުނާ ވާހަކައެކެވެ.

ފޮޑި އަކީ ބަނޑުގައި ހުންނަ ހަށިގަނޑަށް އުނދަގޫވާ ޒާތުގެ ގޭސްތައް ބޭރު ކުރުމުގެ ގޮތުން ޖެހޭ އެއްޗެކެވެ. ފޮޑި ޖެހޭއިރު ލަދު ގަންނަނީ ނުބައި ވަސް ދުވާ ފޮޑި ޖެހުމުންނާއި ބާރަށް ފޮޑި ޖެހޭތީ އެވެ.

ބާރަށް ފޮޑި ޖެހުމަށް ވުރެ ބޮޑަށް ގިނަ މީހުން ލަދު ގަންނަނީ ވަސް ދުވާ ފޮޑި ޖެހުމުންނެވެ. އެގޮތަށް ނުބައި ވަސް ދުވާ ފޮޑި ޖެހެނީ ކީއްވެ ކަން އެނގޭހެއްޔެވެ.

ނުބައި ވަސް ދުވާ ފޮޑި ޖެހެނީ ކެއުމުގައި ބޭނުން ކުރާ ބާވަތްތަކުންނެވެ. ކާއެއްޗެހި ކެއުމުން ހަޖަމްވެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ހަކަތަ ފޮނުވަމުންދާއިރު ބަނޑުގައި ހުންނަ ނިއުޓްރިޝަންތަކުން ބޭކާރު ގޭސްތައް ފޮޑީގެ ގޮތުގައި ހަށިގަނޑުން ބޭރުކުރެ އެވެ.

އާންމުކޮށް ކެއުމުގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ފައިބާ، ޕްރޮޓީން އަދި ސަލްފާ ހިމެނޭ ކާއެއްޗެހި ކެއުމަކީ ނުބައި ވަސް ދުވާ ފޮޑި ޖެހޭ ސަބަބެވެ. ކެއުމުން ނުބައި ވަސް ދުވާ ފޮޑީ ޖެހޭ ތަކެތީގެ ތެރޭގައި ލޮނުމެދު، ފިޔާ، މަސް، ބިސް ފަދަ ތަކެތި ހިމެނެ އެވެ.

ބައެއް ފަހަރު ހަށިގަނޑުގައި ބެކްޓީރިއާ އުފެދުމުންވެސް ނުބައި ވަސް ދުވާ ފޮޑި ޖެހިދާނެ އެވެ. އާންމުކޮށް ބެކްޓީރިއާ އުފެދެނީ ހަށިގަނޑާއި ނުގުޅޭ ނުވަތަ އެލާޖިކް ވާ އެއްޗެއް ކެއުމުންނެވެ.

ތަފާތު ބަލިތަކަށް ބޭސް ކާން ޖެހޭ މީހުންނަށްވެސް ނުބައި ވަސް ދުވާ ފޮޑި ޖެހުމަކީ އާންމު ކަމެކެވެ. ބައެއް ފަހަރު ކާން ޖެހޭ ބޭހަކުން ހަށިގަނޑުގައި ހުންނަ ރަނގަޅު ބެކްޓީރިއާތައް މަރާލައެވެ. ނަތީޖާއެއްގެ ގޮތުން ކާއެއްޗެހި ޖަހަމްވާލެއް ލަސްވެ ހަށިގަނޑުން ބޭރުވާ ފޮޑީގައި ނުބައިވަސް ދުވާގޮތްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް