ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ފަޒީލަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތާއި ގުޅިގެން އޭނާގެ މަގާމުން ސަސްޕެންޑް ކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަޒީލްގެ މައްޗަށް ކުރެވޭ، ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތު ތަކެއް ހުރުމާއެކު ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރގެ މަގާމުން އަހްމަދު ފަޒީލް ސަސްޕެންޑް ކޮށްފައިވާކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފަޒީލް މަގާމުން ސަސްޕެންޑް ކޮށްފައިވާފައިރު އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ޕާޓީން އިއްޔެ ބުނެފައިވަނީ އެ ޕާޓީގެ ސްލޮޓެއްގައި
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުރި އަޙުމަދު ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުޙުމަތުތަކެއް ކުރެވިފައިވާތީ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދެއްވުމަށް މިޕާޓީން މިރޭ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައެވެ.
ފަޒީލް އާ ގުޅޭ ގިނަ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އިއްޔެ ހިއްސާކޮށްފައިވެއެވެ. އެގޮތުން ކުޑަ ކުއްޖަކު ރޭޕް ކުރުމުގެ ސަބަބުން އެ ކުއްޖާ ބަލިވެ އިން ކަމުގެ ތުހުމަތާއި ފުލުހުންނަށް ހުށަހެޅިޔަސް އެ މައްސަލަ އޮއްބާލި ކަމުގެ ތުހުމަތާއި އިތުރު ކުއްޖަކަށް ބޭ އަދަބީ ފޮޓޯ ފޮނުވި ކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް