މާލޭގައި މިހާރު ފެންނަ މަންޒަފުން ކޯވިޑް-19 އިތުރަށް ފެތުރުން ގާތް ކަމަށާއި އަނެއްކާވެސް ލޮކްޑައުން ކުރަންޖެހިދާނެ ކަމުގައި ކޯވިޑް-19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ، ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އަލީ ލަތީފް މިހެން ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ.
" ލޮކްޑައުން ލުއި ކުރުމާ ގުޅިގެން އަޅުގަނޑުމެންނަށް މިހާރު ފެންނަމުންދަނީ މާލޭގެ މަގުމަތީގަ ވަރަށް ގިނައިން މީހުން އެއްވާތަން، މީގެ ސަބަބުން ކޯވިޑް-19 ފެތުރުމަކީ ވަރަށް ގާތް ކަމެއް، މިގޮތަށް ފެތުރިއްޖެއްޔާ އަޅުގަނޑުމެންނަށް ޖެހިދާނެ މާލެ އަނެއްކާވެސް ލޮކްޑައުން ކުރަން" ޑރ. އަލީ ލަތީފް ވިދާޅުވެފައިވެއެވެ.
https://twitter.com/HPA_MV/status/1274359768736337921
މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިމިވާ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދެމުން އަންނަނީ މަރުހަލާ ތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ލުއިތައް ދީފައިމިވަނީ ދެވަނަ މަރުހަލާގައެވެ. އެއީ ފަތިހު ފަހަކުން ރޭގަނޑު 10:00 އާއި ހަމައަށް އާންމުކޮށް ބާރަށް ނިކުމެ އުޅެވޭ ގޮތަށެވެ. އަދި އިތުރު ބޮޑެތި ލުއިތަކެއް ޖުލައި މަހު ދެވި، ސްކޫލުތައްވެސް ޖުލައިމަހު ހުޅުވާލަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް