ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ހައިޑްއަވޭ ރިސޯޓުން، ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާ ކޯވިޑް-19 އަށް ނެގަޓިވް ވެއްޖެއެވެ.
އުމުރުން 54 އަހަރުގެ އަންހެނަކު ހާލު ދެރަވެގެން އެ ހޮސްޕިޓަލަށް ގެންދިޔައީ މި މަހުގެ 16 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ހެޗްޕީއޭއިން ބުނެފައިވާގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވާތީ އެވެ.
ކުޅުއްދުށި އޮންލައިންގައި ރިޕޯޓްކޮށްފައިވާގޮތުގައި އެމީހާގެ ނަތީޖާ ނެގަޓިވް ވެފައިވާކަން ރީޖަނަލް ހޮސްޕިޓަލުން އެ ނޫހަށް ކަށަވަރުކޮށްދީފައިވެއެވެ. އަދި އޭނާގެ ހާލު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމުގައިވެސް އެ ހޮސްޕިޓަލާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް