ކަރެކްޝަންސްގެ އޮފިސަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ މާލޭ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެކެވެ. މި އޮފިސަރު ޕޮޒިޓިވް ވުމާއެކު، ކަރެކްޝަންސުން ...

20 Jun 2020 | 15:41

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޮޒިޓިވް ވެފައިވަނީ މާލޭ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެކެވެ. މި އޮފިސަރު ޕޮޒިޓިވް ވުމާއެކު، ކަރެކްޝަންސުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މިހާރު އަމަލުކުރަމުން އަންނަ ކަމުގައި ކަރެކްޝަންސުން ބުނެއެވެ.

މި މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ މިހާރު އަންނަނީ ކުރަމުންނެވެ. އަދި އިތުރަށް ޓެސްޓް ކުރަންޖެހޭ އޮފިސަރުންނާއި ގައިދީން އެނގިގެންދާނީ ކޮންޓެކްޓް ޓްރޭސިން ނިމުމުން ކަމުގައިވެސް ކަރެކްޝަންސުން ބުނެއެވެ.

https://twitter.com/CorrectionsMv/status/1274356913312944128

މިއަދު ކަރެކްޝަންސްގެ މުވައްޒަފަކު ޕޮޒިޓިވް ވެފައިވާއިރު ހަމަ މިއަދު ކްރިމިނަލް ކޯޓުގެ މުވައްޒަފަކުވެސް ޕޮޒިޓިވް ވެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކުވެސް މިދިޔަ ހަފްތާގައި ޕޮޒިޓިވް ވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް