ގެސްޓު ހައުސްއެއްގައި11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގަ ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް ސިލްސިލާގޭ، އުމުރުން 38 އަހަރުގެ އަނީސް ހިލްމީ އެވެ. އަނީސް އެ ކުއްޖާ ރޭޕްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށްވެ އެވެ.
މި މައްސަލައިގަ ހައްޔަރުކޮށް އަނީސްއަށް މުއްދަތު ޖެހުމުގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ހޯދައި ދިނުމަށް ޕީޖީ އޮފީހުގައި އެދިވަޑައިގެންފައި އެވެ. އެގޮތަށް ޕީޖީ އޮފީހުން އެދުނު ނަމަވެސް ފުރަތަމަ މުއްދަތު ޖެހުމުގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުން އޭނާއަށް މުއްދަތު ޖެހީ ހަތް ދުވަހަށެވެ. އެހެންވީ ޕީޖީ އޮފީހުން ހުށަހަޅަންޖެހޭ ލިޔުންތަކެއް ހުށަނޭޅުމުން ކަމަށްވެ އެވެ.
އެހެންވެ ހަތް ދުޗަސް ހަމަވުމުގެ ކުރިން ޕީޖީ އޮފީހުން ވަނީ ކޯޓުން އެދުނު ލިޔުންތައް ހުށަހަޅައި ޝަރީއަތް ނިމެންދެން އަނީސް ބަންދުކޮށްދިނުމަށް އެދިފައި އެވެ. އެ މައްސަލައިގަ ޝަރީއަތް ނިމެންދެން އަނީސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަދު އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންނެވެ. ފުލުހުން ބުނީ، އަނީސްއަށް ތުހުމަތުވާ މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް