މާލެއިން ގއ. މާމެންދޫއަށް ހޯމް ކަރަންޓީނަށް ދިޔަ އިތުރު ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ ކުރިން އެ ރަށުން ޕޮޒިޓިވްވި މީހާގެ އަންހެން ދެ ކޮއްކޮއެވެ. މި ތިން މީހުންނަކީވެސް ހޯމް ކަރަންޓީނަށް މިމަހުގެ 13ގައި އެ ރަށަށް ދިޔަ މީހުންނެވެ.
ހޯމް ކަރަންޓީނުގައި ހުއްޓާ އެ ރަށު ފިރިހެނަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭނާގެ ދެ ކޮއްކޮ ޕޮޒިޓިވްވެފައިމިވަނީ ބޭބެ ޕޮޒިޓިވް ވުމުން، ޓެސްޓް ކުރުމުންނެވެ. ޓެސްޓް ކުރިއިރު އަލާމާތްތައް ހުރިކަމަށްވެސް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.
އެ ރަށުން ތިން މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު އެ ރަށާއި އެ އަތޮޅު ގެމަނަފުށި މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ. ގެމަނަފުށި މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ ޕޮޒިޓިވް ވި މީހުން ދަތުރުކުރި ފްލައިޓްގައި ގެމަނަފުށީ ބަޔަކުވެސް ހިމެނޭތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް