ގއ. ގައި ތަރައްގީކޮށްފައިވާ މާވަރުލު އެއާޕޯޓަށް އަންނަ މަހުގެ އެއް ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ
ރީޖަނަލް އެއާޕޯޓްސްއިން ހިންގާ މި އެއާޕޯޓަށް ޝެއިޑުލް ދަތުރުތައް ފެށުމަށް ކުރިން ހަމަޖައްސާފައި އޮތީ އޭޕްރިލް މަހުގެ ކުރީކޮޅު އެވެ. ދަތުރުތައް ފެށުން ފަސް ކުރީ ކޯވިޑް-19 އާއި ގުޅިގެން ކޮންމެހެން ކުރަން ޖެހޭ އެތެރޭ އުދުހުންތަކުގެ ދަތުރުތައް ނޫނީ ނުކުރަން ނިންމުމުންނެވެ.
ރީޖަނަލް އެއާޕޯޓުން މީޑިއާގައި ބުނީ މާވަރުލު އެއާޕޯޓަށް ފުރަތަމަ ފަށާނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ކަމަށެވެ. އަދި ވަރަށް އަވަހަށް ފްލައިޓުތަކުގެ އަގާއި ގަޑިތައް މޯލްޑިވިއަންއިން ހާމަކުރާނެ ކަމަށެވެ.
މާވަރުލު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މާޗް މަހުގެ 11 ވަނަ ދުވަހު އެވެ.
މާވަރުލު އެއާޕޯޓަކީ 1.2 ކިލޯ މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ. ރަންވޭއަކާއި، ޓެކްސީވޭ އަދި ފްލައިޓް ޕާކިންގ އޭރިއާ އާއި ޓާމިނަލް ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.
މި އެއާޕޯޓުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ތެރޭގައި އެވެ. އެ މަސައްކަތް ކޮށްފައިވަނީ 57 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް