ހއ. އަތޮޅުން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން އެ ސަރަހައްދުތަކަށް ހުދު އެލާޓު ނެރެފައިވަނީ މިއަދު މެންދުރު ފަހު2:30 ން މިރޭ8:30 އަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ހުދު އެލާޓު ނެރެނީ މޫސުން ގޮސްވެ ދިމާވެދާނެ ހާދިސާއަކަށް ސަމާލުވެ ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން ނެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާ ދުވަސްވެރެކެވެ. އަދި އާދަޔާ ހިލާފަށް ބާރަށް ދަނީ ވައި ޖެހެމުންނެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އެހެންވެ މޫސުމަށް ސަމާލުވެގެން ދަތުރު ކުރުމަށް އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް