ސޭފް ޓޫރިޒަމް ފެށުމާއި ގުޅޭގޮތުން މަޖިލީހުގެ ހިޔާލަށް އެދިއްޖެ

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަލުން ފެށުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސޭފް ޓޫރިޒަމް އުސޫލަށް މަޖިލީހުގެ ހިޔާލު ހޯދަން ހުށަހަޅައިފި އެވެ. ރާއްޖެ އަނ...

20 May 2020 | 07:54

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަލުން ފެށުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސޭފް ޓޫރިޒަމް އުސޫލަށް މަޖިލީހުގެ ހިޔާލު ހޯދަން ހުށަހަޅައިފި އެވެ.

ރާއްޖެ އަންނަ ޖެޓް ނުވަތަ ޗާޓާޑް ފްލައިޓުުތަކުން50،000 ޑޮލަރު ނަގައި ކޮންމެ ޓޫރިސްޓެއްގެ އަތުން ވައިރަހަށް ޓެސްޓު ކުރުމަށާއި އެކު ޖުމްލަ200 ޑޮލަރު ނެގުމަށް މި އުސޫލުގައި ހިމަނާފައިވެ އެވެ. މި އުސޫލުގެ ދަށުން ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެ އެތެރެވުމުގެ ކުރިން އެއާޕޯޓުގައި ވައިރަހަށް ޓެސްޓު ކުރާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސޮއި ކުރައްވާ މަޖިލީހަސް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާއި ގުޅޭ ގޮތުން އުސޫލެއް އެކުލަވާލާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކަން ކުރާ ގޮތަށް ޑަބްލިއުއެޗްއޯގެ މިންގަނޑާއި ވެސް އެއްގޮތަށް ކަމަށެވެ. އެހެން ކަމުން އެ މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލަށް މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން މި މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ފޮޮނުވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ ފަންނީ ފަރާތްތަކުގެ ހިޔާލާއި އެކު އެ މައްސަލައަށް ގޮތެއް ނިންމުމަށް މިއަދު މިއަދަށް މަސައްކަތް ފެށުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިއަދުގެ ޖަލްސާގައި މި މައްސަލަ ވަނީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވާފައި އެވެ.

އުސޫލުގައި ބުނެފައިވާގޮތުން އެއާޕޯޓަށް ޓޫރިސްޓް ފޭބުމާ އެކު އޭނާގެ ހަށިގަނޑާއި ޓްރެވެލް ޑޮކިއުމެންޓް އަދި ލަގެޖް ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ. ކެއްސާ ކިނބިހި އެޅުން، ނޭވާ ކުރުވުން، ހުން އައުން ފަދަަ ވައިރަހުގެ އަލާމާތެއް ހުރިތޯ ބަލަން އެއާޕޯޓްގައި ސްކްރީން ކުރަން ޖެހެ އެވެ. އެއާޕޯޓު މުވައްޒަފުން ތިބެއްޖެހެނީ ރައްކާތެރިކަމުގެ ހެދުން އަޅައިގެންނެވެ.

އެއާޕޯޓުން ޓޫރިސްޓުން ތިބޭ ތަނަކަށް އުފުލޭނީ ކުރިން ހުއްދަ ހޯދާފައިވާ އުޅަނދުތަކެއްގައި ކަމަށް ބުނެފައިވާއިރު ހުއްދަ ދޭ ލޯންޗް ނުވަތަ އެއާކްރާފްޓްގައި ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން، ހުއްދަ ދިނުމުގެ ކުރިން ކަށަވަރުކުރަން ޖެހެ އެވެ. ޓޫރިސްޓުން އުފުލާ އުޅަނދުުތަކުގައި މީހުން ތިބެން ވާނީ މެދަށް އެއް ގޮނޑި ހުސްކޮށް ދޫކޮށްފައި އެވެ.

ޓޫރިސްޓުންގެ މަންޒިލަށް ގެންދެވުމާއި އެކު ވަގުތުން ކޮޓަރިއަށް ވައްދަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. ޓޫރިސްޓުންގެ ލަގެޖްގައި ވީހާވެސް މަދުން މުވައްޒަފުން އަތްލާން ޖެހޭއިރު ޓޫރިސްޓުން ފައިބާ ވަގުތު ބައްދަލުވާ މުވައްޒަފުން ހަރަކާތްތެރިވާން ޖެހޭނީ ރައްކާތެރިކަމުގެ ހެދުން އަޅައިގެންނެވެ.

ޓޫރިސްޓުން ޗެކިންވުމުގެ ކަންކަން ކުރިޔަށް ގެންދަން ޖެހެނީ ކޮޓަރީގައި ބައިތިއްބައިގެން އޮންލައިންކޮށެވެ. އާންމުތަންތަނަށް ނުކުމެ ހެދޭނީ ޓޫރިސްޓުގެ ކޯވިޑްގެ ނަތީޖާ ލިބި ނެގެޓިވް ވެއްޖެ ނަމައެވެ.

މި އުސޫލުގެ ދަށުން ސޭފް ޓޫރިޒަމްގެ ގޮތުގައި ރިސޯޓުތަކާއި ގެސްޓު ހައުސްތައް އަދި ސަފާރީތަކަށްވެސް ޓޫރިސްޓުން ގެނެވެ އެވެ. އެކަމަކު "ސޭފް ޓޫރިޒަމް ގައިޑްލައިން" ޑްރާފްޓުގައި ބުނެފައިވަނީ މި ލައިސަންސް ދޫކުރާނީ ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް