އިތުރު 43 މީހަކު ވައިރަހަށް ޕޮސިޓިވް ވެއްޖެ

ނުރައްކާތެރި ކޯވިޑް-19 އަށް އިތުރު43 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު10:00 އާއި ހަމައަށް10 ދިވެއްސަކާއި33 ބިދޭސީއަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގ...

20 May 2020 | 07:20

ނުރައްކާތެރި ކޯވިޑް-19 އަށް އިތުރު43 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު10:00 އާއި ހަމައަށް10 ދިވެއްސަކާއި33 ބިދޭސީއަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ28 މީހަކާއި އިންޑިއާގެ ހަތަރު މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ.

މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ދެވަނައަށް އެންމެ ގިނައިން ދިވެހިން ޕޮސިޓިވްވެފައިވާއިރު ތިން ވަނައަށް އެންމެ ގިނައިން ޕޮސިޓިިވް ވެފައިވަނީ އިންޑިއާ މީހުންނެވެ.

https://twitter.com/HPA_MV/status/1262993116551884801

ބަލި ޖެހުނު މީހުންގެ ތެރެއިން91 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަދި މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ރާއްޖެއިން ޕޮސިޓިވްވި ޖުމްލަ އަދަދަކީ1،186 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް