ވިއްސާރައިގާ އަޑިއަށްދިޔަ ލޯންޗެއް ފެންމަތިކޮށްފި

ރާއްޖެއަށް ކުރި ވިއްސާރައިގާ އަޑިއަށްދިޔަ ލޯންޗެއް ސިފައިން ފެންމަތިކޮށްފިއެވެ. ސިފައިން ބުނެފައިވަނީ ރާއްޖެއަށް ކުރި ވިއްސާރައިގާ 18 ވަނަ ދުވަހު ދ. ވިލުރީފް ރިސޯޓް ފަޅުތެރެއަށް އަޑިއަށްދިޔަ "ސަންސެޓް...

20 May 2020 | 04:09

ރާއްޖެއަށް ކުރި ވިއްސާރައިގާ އަޑިއަށްދިޔަ ލޯންޗެއް ސިފައިން ފެންމަތިކޮށްފިއެވެ.

ސިފައިން ބުނެފައިވަނީ ރާއްޖެއަށް ކުރި ވިއްސާރައިގާ 18 ވަނަ ދުވަހު ދ. ވިލުރީފް ރިސޯޓް ފަޅުތެރެއަށް އަޑިއަށްދިޔަ "ސަންސެޓް-4" ނަމަކަށް ކިޔާ ލޯންޗު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ކުރި މަސައްކަތުން އިއްޔެ ފެންމަތިކޮށްފައިވާކަމަށެވެ.

ސަންސެޓްގެ ލޯންޗުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު ޝިޔާމްގެ ލޯންޗުތަކެކެވެ. ވިލު ރީފް ރިސޯޓަކީވެސް ޝިޔާމްގެ ރިސޯޓެކެވެ.

ރާއްޖެއަށް ކުރި ވިއްސާރަ މިހާރުވަނީ ފުދޭވަރަކަށް އަލިވެފައެވެ. ރާއްޖެއަށް ކުރީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި މޫސުން އިތުރަށް ގޯސްވެގެންދިޔައީ ބޭ އޮފް ބެންގާލުގައި އުފެދުނު ތޫފާން އަމްޕަންގެ ނުސީދާ އަސަރު ރާއްޖެއަށް ކުރުމުން ކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް