ނިއު ނޯމަލްގައި ކޮންމެ ޖެޓަކުން 50،000 އަދި ޓޫރިސްޓެއްގެ އަތުން ޖުމްލަ 200 ޑޮލަރު

ކޯވިޑް-19 އާއި ގުޅިގެން އަމަލު ކުރަން ފަށަން ޖެހޭ ނިއު ނޯމަލްގައި ޓޫރިޒަމް ދާއިރާ ހިންގާނެ ގޮތުގެ އުސޫލެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފި އެވެ. މި އިސޫލުގެ ދަށުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އަ...

20 May 2020 | 00:34

ކޯވިޑް-19 އާއި ގުޅިގެން އަމަލު ކުރަން ފަށަން ޖެހޭ ނިއު ނޯމަލްގައި ޓޫރިޒަމް ދާއިރާ ހިންގާނެ ގޮތުގެ އުސޫލެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފި އެވެ.

މި އިސޫލުގެ ދަށުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އަންނަ ޗާޓާޑް ފްލައިޓުތަކާއި އަމިއްލަ ޖެޓުތަކުން50،000 ޑޮލަރު ދައްކަން ޖެހެ އެވެ. ރާއްޖެ އެތެރެވާ ކޮންމެ ޓޫރިސްޓަކު100 ޑޮލަރުގެ ފީއެއް އަދި ކޯވިޑަށް ޓެސްޓު ކުރަން ބޮލަކަށް100 ޑޮލަރު ނަގާގޮތަށް ހިމަނާފައިވެ އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި އުސޫލަކީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލެއް ނަމަވެސް އަމަލު ކުރުމާއި މެދު ގޮތެއް އަދި ނުނިންމާ ކަމަށެވެ. މި އުސޫލަށް އަމަލު ކުރުމާއި މެދު ގޮތެއް ނިންމާނީ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ ހިޔާލުތައް ލިބޭ ގޮތަކުން ކަމަށާއި ހިލާޔު ހޯދުމަށް ދާއިރާގައި ހަރަކާތްރެރިވާ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ.

އުސޫލުގައި ބުނެފައިވާގޮތުން އެއާޕޯޓަށް ޓޫރިސްޓް ފޭބުމާ އެކު އޭނާގެ ހަށިގަނޑާއި ޓްރެވެލް ޑޮކިއުމެންޓް އަދި ލަގެޖް ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ. ކެއްސާ ކިނބިހި އެޅުން، ނޭވާ ކުރުވުން، ހުން އައުން ފަދަަ ވައިރަހުގެ އަލާމާތެއް ހުރިތޯ ބަލަން އެއާޕޯޓްގައި ސްކްރީން ކުރަން ޖެހެ އެވެ. އެއާޕޯޓޫ މުވައްޒަފުން ތިބެއްޖެހެނީ ރައްކާތެރިކަމުގެ ހެދުން އަޅައިގެންނެވެ.

އެއާޕޯޓުން ޓޫރިސްޓުން ތިބޭ ތަނަކަށް އުފުލޭނީ ކުރިން ހުއްދަ ހޯދާފައިވާ އުޅަނދުތަކެއްގައި ކަމަށް ބުނެފައިވާއިރު ހުއްދަ ދޭ ލޯންޗް ނުވަތަ އެއާކްރާފްޓްގައި ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން، ހުއްދަ ދިނުމުގެ ކުރިން ކަށަވަރުކުރަން ޖެހެ އެވެ. ޓޫރިސްޓުން އުފުލާ އުޅަނދުުތަކުގައި މީހުން ތިބެން ވާނީ މެދަށް އެއް ގޮނޑި ހުސްކޮށް ދޫކޮށްފައި އެވެ.

ޓޫރިސްޓުންގެ މަންޒިލަށް ގެންދެވުމާއި އެކު ވަގުތުން ކޮޓަރިއަށް ވައްދަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. ޓޫރިސްޓުންގެ ލަގެޖްގައި ވީހާވެސް މަދުން މުވައްޒަފުން އަތްލާން ޖެހޭއިރު ޓޫރިސްޓުން ފައިބާ ވަގުތު ބައްދަލުވާ މުވައްޒަފުން ހަރަކާތްތެރިވާން ޖެހޭނީ ރައްކާތެރިކަމުގެ ހެދުން އަޅައިގެންނެވެ.

ޓޫރިސްޓުން ޗެކިންވުމުގެ ކަންކަން ކުރިޔަށް ގެންދަން ޖެހެނީ ކޮޓަރީގައި ބައިތިއްބައިގެން އޮންލައިންކޮށެވެ. އާންމުތަންތަނަށް ނުކުމެ ހެދޭނީ ޓޫރިސްޓުގެ ކޯވިޑްގެ ނަތީޖާ ލިބި ނެގެޓިވް ވެއްޖެ ނަމައެވެ.

މި އުސޫލުގެ ދަށުން ސޭފް ޓޫރިޒަމްގެ ގޮތުގައި ރިސޯޓުތަކާއި ގެސްޓު ހައުސްތައް އަދި ސަފާރީތަކަށްވެސް ޓޫރިސްޓުން ގެނެވެ އެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ މި ހާލަތުގައި އޮތް އިރުވެސް ޓޫރިސްޓުންގެ ގޮތުގައި ރާޢްޖެ އެތެރެވާން ބޭނުންވާ ވަރަށް ގިނަ މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު މީހުންނާއި މަހުޖަނުންގެ އާއިލާތަކުގެ އިތުރުން އަރަބި ގައުމުތަކުގެ ޝާހީ އާއިލާތަށް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެމީހުން ބޭނުންވަނީ ރާއްޖޭގައި ގިނަ ދުވަހު މަޑު ކުރާގޮތަށް އަންނަން ކަމަށާއި ރިސޯޓުގައި14 ދުވަހު ކަރަންޓީން ވާންޖެހުނަސް އެންމެ ރަނގަޅު ކަމަށް އަންގާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެމީހުން އެދެނީ ހަމައެކަނި އެމީހުންގެ ޖެޓުތައް ޖެއްސުމަށް ވައިގެ ބޯޑަރު ހުޅުވައި ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް