ލޯޖެހި އަހުމަދު މަނިކު އަވަހާރަވެއްޖެ އެވެ.
އޭނާއަކީ މަޝްހޫރު ފިނިބުއިން "ޑޮންޑޮން" ތައްޔާރުކުރުމުގެ މޭސްތެރިޔާ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު މަނިކު އަވަހާރަވީ، އާލާސްކަންފުޅެއްގައި އިންޑިއާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް މިއަދުގެ އިރުއޮއްސުނު ވަގުތުގަ އެވެ.
އަހުމަދު މަނިކަށް ދިވެހި ސަރުކާރުން ވަނީ، ކުދިއަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން، އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން 2009 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ދީފަ އެވެ.
މި އިނާމް އޭނާއަށް އެރުވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް