ރައީސް ސޯލިހްގެ ވެރިކަމުގައި އަނެއްކާވެސް ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެއަށް ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ. މިދިޔަ އަހަރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ...

20 Apr 2021 | 15:28

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެއަށް ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

މިދިޔަ އަހަރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 79 ވަނައިގައެވެ. މި އަހަރު މިވަނީ ހަތް ދަރަޖައިގެ ކުރިއެރުމަކާއެކު 72 ވަނަ ލިބިފައެވެ.

މިއީ 2018 އާ އަޅާ ބަލާއިރު 48 ދަރަޖައިގެ ކުރިއެރުމެކެވެ. މިހާރު ރާއްޖޭގައި މިއޮތް ސަރުކާރު ހަވާލުވިއިރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ.

https://twitter.com/HarriKamarainen/status/1384472947763695618

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ބޫޓާން ނެގުމަށް ފަހު އިންޑެކްސްގައި ކުރީގައި އޮތީ ރާއްޖެ އެވެ. ބޫޓާން އޮތީ65 ވަނައިގަ އެވ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިއާ އޮތީ ލިސްޓުގެ142 ވަނައިގަ އެވެ. ސްރީލަންކާ އޮތީ127 ވަނައިގަ އެވެ.

މިދިޔަ އަހަރުވެސް ރާޢްޖެއިން ވަނީ އެ ލިސްޓުގައި ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. މިދިހަ އަހަރު ނޫން ކުރީއަހަރު ރާއްޖެ އޮތީ މި އިންޑެކްސްގެ 98 ވަނައިގައެވެ. އަދި އޭގެ ކުރީ އަހަރު ރާއްޖެ އޮތީ 120 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް