ރާއްޖޭގައި ބައިލައްކަ މީހުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިފި

ރާއްޖޭގައި ކޯވިޑް-19 އަށް ދެމުންދާ ވެކްސިންގެ ތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ބައިލައްކައަށް އަރައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާ...

20 Apr 2021 | 15:27

ރާއްޖޭގައި ކޯވިޑް-19 އަށް ދެމުންދާ ވެކްސިންގެ ތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ބައިލައްކައަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް ރާއްޖެއިން 51،350 މީހުން ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާފައިވެ އެވެ. އެ އެންމެން ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް 5،533 މީހުންވަނީ ޖަހާފަ ވެއެވެ. އޭގެތެރޭގައި މާލެ ސަރަޙައްދުގައި 3،366 މީހުން ވެކްސިންޖަހާފައިވާއިރު 2،167 މީހުންވަނީ އަތޮޅުތެރެއިން ވެކްސިންޖަހާފައެވެ.

ވޭތިވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް 2،125 މީހުންވަނީ ޖަހާފައެވެ. އޭގެތެރޭގައި މާލެ ސަރަޙައްދުން ވެކްސިންޖެހީ 277 މީހުންނެވެ. އަދި އަތޮޅުތެރެއިން 1،848 މީހުންވަނީ ވެކްސިންޖަހާފައެވެ.

މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިމީހުންގެ ޢަދަދު 283،973 އަށްވަނީ އަރާފައެވެ. ރާއްޖޭގައި ފުރަތަމަ ޑޯޒު ދެމުން ދަނީ ކޮވިޝީލްޑާއި، ފައިޒާ އަދި ސިނޮފާމް ވެކްސިންގެ އެވެ.

ރޯދަ މަހު މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދެނީ ރޭގަނޑ ު9:00 ން 11:45 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް