އެސްޓިއޯ ރަމަަޟާން ބާޒާރުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފި

އެސްޓީއޯ ރަމަޟާން ބާޒާރުގެ މުއްދަތު މިމަހުގެ ނިޔަަލަށް އިތުރު ކޮށްފި އެވެ. މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ރަމަޟާން ބާޒާރު ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. ބާޒާރު ކުރިޔަށް ގެންދަން ނި...

20 Apr 2021 | 09:55

އެސްޓީއޯ ރަމަޟާން ބާޒާރުގެ މުއްދަތު މިމަހުގެ ނިޔަަލަށް އިތުރު ކޮށްފި އެވެ.

މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ރަމަޟާން ބާޒާރު ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. ބާޒާރު ކުރިޔަށް ގެންދަން ނިންމާފައި އޮތީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯއިން މިއަދު ބުނީ މިއަހަރުގެ ރަމަޟާން ބާޒާރު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ގިނަ އައިޓަމްތަކަކުން އެކި ވަރުވަރުގެ ޑިސްކައުންޓް ލިބޭނެ އެވެ. މިއަހަރު މުޅި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމު ހުށަހަޅާފައިވަނީ ޕެޖޭކުތަކުގެ ގޮތުގަ އެވެ.

އެއްވަނައަށް ހޮވޭ ފަރާތަކަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ޓެކްނޯ ދޮންނަ މެޝިނެއްގެ އިތުރުން ފިލިޕްސް ސައުންޑްބާއަކާއި ސެންފޯޑް އަވަނެއް ލިބޭނެ އެވެ.

ދެވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ހުށަހަޅާފައިވަނީ ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ހިޓާޗީ ވެކިއުމް ކްލީނަރެއްގެ އިތުރުން ކުކާ އެކެވެ.

ތިންވަނައަށް އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީއަކާއި ހިޓާޗީ ދޮންނަ މެޝިނަކާއި ހިޓާޗީ ވެކިއުމް ކްލީނަރެއް ލިބެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާއިރު ވިޔަފާރި ކުރާ ފަރާތްތަކަށް ސަޕްރައިޒް އިނާމުތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް