ނަސްރު ބުރޯ ބޮލީވުޑްއަށް ގޮސްފި ނަމަ އަނތްބެއްގެ ގޮތުގައި ހުންނާނީ ސަނީ ލިއޯން!؟

ޓިކްޓޮކްގައި މަޝްހޫރު "ނަސްރު ބްރޯ" އޭނާއަށް މަލާމާތްކުރި މީހަކަށް ރައްދު ދިން ގޮތުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. އޭނާގެ ޓިކްޓޮކް ފޮލޯވަރުންގެ އަދަދު 7000އާ ގާތްކުރާ އިރު، ފަސްދޮޅަސް ހަތަރު...

20 Apr 2021 | 09:19

ޓިކްޓޮކްގައި މަޝްހޫރު "ނަސްރު ބްރޯ" އޭނާއަށް މަލާމާތްކުރި މީހަކަށް ރައްދު ދިން ގޮތުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އޭނާގެ ޓިކްޓޮކް ފޮލޯވަރުންގެ އަދަދު 7000އާ ގާތްކުރާ އިރު، ފަސްދޮޅަސް ހަތަރު ހާހަށް ވުރެ ގިނަ ލައިކް ވީޑީޢޯތަކަށް ލިބިފައި ވެއެވެ.

ނަސްރު މި ފަހުން އާންމު ކުރި ވީޑިއޯއެއްގައިި  އޭނާއަށް މަލާމަތްކުރި އަންހެން ކުއްޖަކަށް ރައްުދެމުން ބުނީ، އޭނާ ބޮލީވުޑްއަށް ގޮސްފި ނަމަ އެހެން ނުބުނާނެ ކަމަށެވެ.

ސަބަބަކަށް އޭނާ ފާހަގަކުރީ ސްކިން ސާޖަރީ ހަދައި ގަދަޔަށް މޭކަޕް ކުރުމެވެ. އޭނާ ބުނީ އެ ދުވަހަކުން މަލާމާތް ކުރި ކުއްޖާ ކިތަންމެ ބޭނުން ވިޔަސް އޭނާ ނުލިބޭނެ ކަމަށެވެ. އެ ދުވަހަކުން އޭނާގެ އަނބިންގެ ގޮތުގައި އެ ދުވަހަކުން ތިބޭނީ ސަނީލިއޯން ފަދަ މީހުން ކަމަށެވެ.

Reply to @leeshaaa..a #dhitiktok #gaddaagroup #TikTokMaldives #foryoupa #fyp #fypシ ????????????????????????????????????????

މަޖާޒީ ގޮތެއްގައި އޭނާ ދިން މި ރައްދަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. އަދި ޓިކްޓޮކަށް ދޫކުރި މި ވީޑީއޯ ވަނީ 200އާ ގާތްކުރާ އަދަދެއްގެ މީހުން ޝޭއާ ވެސްކޮށްފައެވެ.

ފޭސްބުކް، ޓްވިޓަރ، އިންސްޓެގްރާމް، ވަޓްސްއެޕް، ސްނެޕްޗެޓް މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އަލަށް އީޖާދު ކުރާ ކޮންމެ އެޕްލިކޭޝަނަކަށްވެސް ދިވެހިން ހޭނޭކަށް މާގިނަ ދުވަހެއް ނުނަގައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ދިވެހިންގެ ތެރޭގައި ވައިގައި ހިފިގޮތަށް އަދިވެސް އެ މަގްބޫލްކަމުގައި "ފިޔަޖަހަމުން" އަންނަ އެއް އެޕަކީ ހަމަ ޔަގީނުންވެސް ޓިކްޓޮކްއެވެ.

ޓިކްޓޮކް އަކީ އެކި ލަވަތަކަށް ނުވަތަ ފިލްމުތަކުގެ ޑައިލޮގްތަކަށް އެކްޓުކޮށް، ތިމމާގެ ހުނަރު އާއްމުންނަށް ދައްކާލަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެޕެކެވެ.

ދިވެހިންގެ ތެރޭގައި އެކި އުމުރުގެ މީހުން ޓިކްޓޮކްގައި އެކި ލަވަތަކަށް ފައިހަމަ ކުރަމުން އަންނައިރު، އެ އެޕް ބޭނުންކުރާ ގިނަ މީހުންނަށް ވަނީ މީހުންގެ ފުރައްސާރައާއި މަލާމާތް ރައްދުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް