ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން މާލެއަށް ހާއްސަކޮށް 51 ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނިން އިއްޔެ ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ވާގޮތުން، މި 51 ވަޒީފާއަށް ކުރިމަތި ލުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހުގެ 15:00 އަށެވެ.
އެ ކުންފުނިން އިއުލާނު ކޮށްފައިވާ ވަޒީފާ ތަކުގެ ތެރޭގައި ކޮންޓްރެކްޓްކޮށް މަސައްކަތް ކުރާނެ 10 އަންހެން ސަޕޯޓް ސްޓާފުންނާއި 20 ފިރިހެން ސަޕޯޓް ސްޓާފުން ހިމެނެއެވެ.
އޭގެ އިތުރުން، ކޮންޓްރެކްޓްކޮށް މަސައްކަތް ކުރާނެ ހަ ސުޕަވައިޒަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންގެ ގޮތުގައި ކޮންޓްރެކްޓް ހަ މީހުން، ތިން ލޮރީ ޑްރައިވަރުން ހިމެނެ އެވެ. އަދި އެސިސްޓެންޓް އެކްސްކަވޭޓަރ އޮޕަރޭޓަރުގެ ދެ މަގާމާއި ތިން މޭސަނުން އަދި އިލެކްޓްރިޝަންއެއް ހޯދުމަށް އާރްޑީސީއިން އިއުލާނު ކޮށްފައިވެއެވެ.
މި މަގާމުތަކަށް ހޮވޭ ފަރާރްތަކުން ވަޒީފާ އަދާކުރަން ޖެހޭނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލޭ ސައިޓް ނުވަތަ ޕްރޮޖެކްޓް ސައިޓްތަކުގައި އެ ކުންފުނީގެ އިއުލާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް