ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާއްމުންގެ އެހީއަށް އެދެފިއެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ހޯދަމުން ދަނީ ދަބަހެއް ވަގަށް ނެގި މީހެކެވެ. ފުލުހުން ބުނީ އެމީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދޭކަމަށެވެ.
ފުލުހުން ވަނި އެމީހާ ފެންނަ ވީޑިއޯއެއް އާންމު ކޮށްފައެވެ.
https://twitter.com/PoliceMv/status/1384416325666148356
އެފަރާތާ ބެހޭ މައުލޫމާތު އެނގޭ މީހުން، އެކަން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ނަމްބަރު 9631696 އަށް ގުޅައި، ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 482928އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް