ލާމު އަތޮޅުން މިރުސް ސަޕްލައި ކުރާތީ ކަނޑޫދޫ މިރުހުގެ ޑިމާންޑް ދަށަށް

ކޮންމެ ރަމަޟާން މަހަކު ވެސް ބާޒާރުގައި އެންމެ ޑިމާންޑް ބޮޑު އެކައްޗަކީ ކަނޑޫދޫ މިރުހެވެ. ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވުމުގެ ސަބަބުން ކަނޑޫދޫ މިރުހުގެ އަގު ރަމަޟާންމަހާއި ދިމާކޮށް އުފުލިގެންވެ...

20 Apr 2021 | 08:29

ކޮންމެ ރަމަޟާން މަހަކު ވެސް ބާޒާރުގައި އެންމެ ޑިމާންޑް ބޮޑު އެކައްޗަކީ ކަނޑޫދޫ މިރުހެވެ. ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވުމުގެ ސަބަބުން ކަނޑޫދޫ މިރުހުގެ އަގު ރަމަޟާންމަހާއި ދިމާކޮށް އުފުލިގެންވެސް ދެއެވެ.

މިދިޔަ އަހަރުގެ ރަމަޟާންމަހު ކަނޑޫދޫ މިރުހުގެ ޑިމާންޑް ބޮޑުވެ ކިލޯއެއްގެ އަގު 1200 ރުފިޔާއަށްވެސް އަރައިގެން ދިޔައެވެ.

ނަމަވެސް މިއަހަރުގެ ރަމަޟާންމަހު ކަނޑޫދޫ މިރުހުގެ އަގު އަދި ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. މިހާރު 100 ގުރާމް މިރުސް 20 ރުފިޔާއަށްވެސް ލިބެން އެބަހުއްޓެވެ. ކަނޑޫދޫ މިރުހުގެ ޑީމާންޑް އުޅެނީ ކުރީ އަހަރުތަކަށް ވުރެ ދަށުގައެވެ.

ސަބަބެއް ކަމަށް ގިނަ ވިޔަފާރިވެރިން ބުނަނީ ލާމު އަތޮޅުން ހަމަ އެ ކޮލެޓީގެ މިރުސް ސަޕްލައި ކުރުމެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރު ރޯދަ މަހަށް ޚާއްސަކޮށްގެން ކަނޑޫދޫގެ ބައެއް ދަނޑުވެރިން ލ. ގަމުގައިވެސް މިރުސް ދަނޑުތައް ހައްދާފައިވެއެވެ. ލ. ގަމުގައި ދަނޑުވެރިކަން ކުރާ ނިސްބަތައް ބަލާނަމަ 3 ބައިކޮށްފަ 2 ބައި ދަނޑު ހިއްސާކުރަނީ ކަނޑޫދޫ ދަނޑުވެރިންނެވެ.

ނަމަވެސް، ލާމު ގަމުން ގެންނަ މިރުހަށް ވިޔަފާރިވެރިން ދީފައި ވާ ނަމަކީ ލާމު މިރުހެވެ. އަސްލަކީ ލާމު އަތޮޅުގައި ހެދިފައިވާ ގަސްތަކުން ގެންނަ މިރުހަށް ވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް