ކ. ގުޅި އާއި މާފުށި މޮނިޓަރިންގް އަށް ލައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، އެ ދެ ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މާފުއްޓާއި ގުޅިގެން ފެނިފައިވާ ކޯވިޑް ކޭސްތަކުގެ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.
އިއްޔެ މޮނިޓަރިންގް އަށް ލީ ހަތަރު ރަށުގެ ތެރެއިން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ބ. އޭދަފުއްޓާއި އއ. ބޮޑުފުޅަދޫ އެވެ.
މިހާރު އަތޮޅު ތެރޭގައި އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުން ދަނީ ތ. އަތޮޅުގައި އެވެ. އެ އަތޮޅުގެ ހަ ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
އެއީ ވޭމަންޑޫ، ވިލުފުށި، އޮމަދޫ، ގާދިއްފުށި، ކިނބިދޫ އަދި މަޑިފުއްޓެވެ. މީގެ އިތުރުން މޮނިޓަރިންއަށް ލާފައިވަނީ ޅ. ނައިފަރު، ހިންނަވަރު، ފެލިވަރު، ކ. ހުރާ، ދިއްފުށި، އދ. މާމިގިލި އަދި ބ. މާޅޮހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް