އެކޮނޮމިކް މިނިސްޓްރީއަށް ފޮނުވާ މެއިލްތަކަށް ޖަވާބު ނުލިބޭ މައްސަލަ ބޮޑުވެއްޖެ އެވެ.
މިކަމާ ގުޅީގެން ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި ނުރުހުން ފާޅުކުރަމެވެ.
އެކޮނޮމިކް މިނިސްޓްރީއަކީ ދިވެހިރާއްޖޭގައި ހިންގޭ ވިޔަފާރީތަކާއި ވިޔަފާރީ މުޢާމަލާތްތަކުގެ ބެލެނިވެރި މުއައްސަސާއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް އަމިއްލަ ފަރުދުންނާއި ވިޔަފާރީ ކުންފުނިތަކުން ގިނަ އަދަދެއްގެ މެއިލް އެ މިނިސްޓްރީއަށް ފޮނުވާނެއެވެ.
އެކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ މިނިސްޓްރީން މެއިލްތަކަށް ރައްދުު ފޮނުވަން ނަގާނީ ގިނަ ވެގެން 3 ދުވަސް ކަމަށެވެ. ނަމަވެސް، ދުވަސް ނޫހަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނީ މެއިލްތަކަށް ޖަވާބު ނުލިބި ހަފްތާއެއްހާ ދުވަސް ވެސް ނަގާ ކަމަށެވެ. އަދި ބައެއް ފަހަރު ރައްދު މެއިލް އެއް ނުލިބޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެެވެ.
މީގެ އިތުރުން އެކޮނޮމިކް މިނިސްޓްރީގެ ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރުމާއި ހޯދުމުގައި ވެސް ދަތިތައް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ބައެއް ފަހަރު ފޯނަށް އެޓެންޑް ނުވާ މައްސަލަ އާއި ފޯނަށް އެޓެންޑް ވި ނަމަވެސް އެ ކަމަށް ގިނަ ވަގުތު ނަގާ މައްސަލަ މީގެ ތެރޭގައި ހިމެނެއެވެ.
ހަމައެހެންމެ، ބިޒްނަސް ޕޯޓަލްގައި ހިމަނާފައިވާ ލައިވް ޗެޓްގެ ޚިދުމަތް އެދެވޭ ގޮތެއްގައި ނުލިބޭ ކަމަށާއި ޖަވާބު ލިބުމުނު ނަމަވެސް އެތައް ވަގުތެއް ހޭދަވާ ކަމަށް އެ ޕޯޓަލް ބެނުންކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް